ޕްރަދީޕް ސަރްކާރް ޑައިރެކްޓުކުރި ފިލްމު "ހެލެކޮޕްޓާ އީލާ" ނެރުނުތާ އަހަރެއް ވެއްޖެއެވެ.

Advertisement
ޕްރަދީޕް ސަރްކާރް ޑައިރެކްޓުކުރި ފިލްމު "ހެލެކޮޕްޓާ އީލާ" ނެރުނުތާ އަހަރެއް ވެއްޖެއެވެ.
"ހެލެކޮޕްޓާ އޭލާ" ނެރެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމަށް އިއްޔެ އެއް އަހަރު ވެފައިވާއިރު ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ކާޖޮލް ވަނީ ފިލްމުގެ ހަނދާން އާކޮށްލާފައެވެ.
އެގޮތުން އިންސްޓަގުރާމު މެދުވެރިކޮށް ކާޖޮލް ފިލްމަށް އަހަރެއް ވެއްޖެކަން އަންގާފައިވާއިރު މިއީ ކާޖަލް އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް އޭނާ ވަނީ މީގެ ކުރިން ފިލްމާ ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
މަންމައަކާއި ފިރިހެން ދަރީގެ ލޯބި ދައްކުވައިދޭ އެފިލްމުގައި ކާޖަލް ދައްކުވައިދެނީ މަންމަ އެއްގެ ރޯލުންނެވެ. އަދި ކާޖަލްގެ ދަރީގެ ރޯލުން ފެނިގެންދަނީ ރިއްދީ ސެނެވެ. އެފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.