ads
ރޯނާލްޑޯ ކޯކްފުޅިތައް އެއްފަރާތް ކުރަނީ
ކޯކް އެއްފަރާތް ކުރުމުން 5.22 ބިލިއަން ޑޮލަރުގެ ގެއްލުމެއް
ޔޫރޯ ޕްރެސްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތީ ބަހައްޓާފައިހުރި ކޮކާ ކޯލާ ފުޅި އެއްފަރާތް ކުރުމުން އެ ކުންފުންޏަށް ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެއްޖެއެވެ.

އޭބީސީ ނިއުސް އިން ރިޕޯޓްކުރާ ގޮތުގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ރޮނާލްޑޯ ވަނީ އޭނާ މޭޒުމަތީ ހުރި ދެ ކޯކް ފުޅި އެއްފަރާތްކޮށްފައެވެ. 

ކޯކު ފުޅިތައް އެއްފަރާތް ކުރުމަށް ފަހު ރޯނާލްޑޯ ވަނީ ފެންފުޅި ކަރިރިކޮށް އެންމެންވެސް ފެން ބުއިމަށް އެދިފައެވެ. 

އެއާއެކު އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ލުއިބުއިން އުފައްދާ ކުންފުނީގެ މިލްކިއްޔާތުން 5.22 ބިިލިއަން ޑޮލަރު އުނިވެގެންދިޔައެވެ. 

ޔޫރޮސްގެ ތަރުޖަމާނު ބުނީ ފެނާއެކު ކޮކާކޯލާ ޒީރޯ ޝުގާ ވެސް ނޫސް ކޮންފަރެންސްތަކަށް އައުމުން ކުޅުންތެރިންނަށް ދެވިފައިވާނެ ކަމަށެވެ.

ކޮކާ ކޯލާ ކުންފުނިން ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެކުންފުނިން ބުނީ އެންމެނަށްވެސް އެބަޔަކު ބޭނުން ބުއިމެއް ބޮވޭނެ ކަމަށެވެ. އަދި އެކި މީހުންނަށް ކަމުދާ ބުއިންތައް ވެސް ތަފާތުވާނެ ކަމަށް އެކުންފުނިން ބުނެއެވެ. 

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް