ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު މި އިންތިހާބު ކާމިޔާބުކުރެއްވީ އިބްރާހިމް މުހައްމަދާއި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރެއްވުމަށް ފަހެވެ.
އެ އިންތިހާބުގައި 21،301 ވޯޓު ނަޝީދަށް ލިބިވަޑައިގަތެވެ. އަދި މީކާއިލަށް ލިބިވަޑައިގަތީ 9،462 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް މުހައްމަދަށް 132 ވޯޓު ލިބުނުއިރު 234 ވޯޓް ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ.
މި އިންތިހާބަކީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ. ފައްޔާޒު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ. އަދި މީކާއިލް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާ އެކުގަ އެވެ.
އެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރައްވައި ވަރުގަދަ ކެމްޕެއިން ހަރަކާތްތަކަކަށްފަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;