މީދޫ ކައުންސިލްގެ ރައީސް ކަމަށް ސުހާއާއި ވާދަކުރީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ މިފަހަރު އިންތިހާބު ކާމިޔާބުކުރީ 80 ވޯތްގެ ތަފާތަކުންނެވެ. ސުހާ ކައުންސިލްގެ ރައީސްކަމަށް ހޮވުމުން މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީއަށް ލިބުނީއެވެ.
ވޯޓްގެ ތަފްސީލް ވަގުތީ ނަތީޖާ
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓްލާފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދާއިރާގެ ވޯޓް އެއްވަރު ވެއްޖެކަމަށް ހައިކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާ ކަމަށްވާ ދ. މީދޫ ދާއިރާގެ ރައީސްގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.
އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ. އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
އެހެންކަމުން އެ މައްސަލަ ޕީއެންސީން ހައިކޯޓަށް ހުށައެޅި އެވެ. އެ ކޯޓުން އިއްވި ހުކުގައިވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި ނިންމުމާއި އެއްގޮތަށް އަލުން ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން މައްޗަށް ވަނީ އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;