އަންގާރަ ދުވަހު އޮތް ޔޫރޯ 2020 ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާގެ ކުރިމަތީ ހުރި މޭޒުމަތީ ބިޔަރު ފުޅިއެއް ބަހައްޓާފަ ހުރުމުން އޭނާ ވަނީ އެ ފުޅި އެތަނުން ނަގާ މޭޒުގެ ތިރިއަށް ލާފައެވެ.
ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި މުސްލިމް ކުޅުންތެރިއެއް ކަމުގައިވާ ޕޮގްބާ އެ ބިޔަރު ފުޅި އެއްފަރާތް ކުރި ނަމަވެސް އެއީ ނޮން- އަލްކޮހޯލިކް ނުވަތަ އޭގައި މަސްތުގެ މާއްދާއެއް ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިޔަރެއް ކަމަށް މީޑިއާ އާއި ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.
މަޝްހޫރު ކުޅުންތެރިއާ ރޮނާލްޑޯ ކޮކާ ކޯލާ ފުޅިތަކެއް އެއްފަރާތް ކުރުމުން، ކޮކާ ކޯލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އަދި އެ ކުންފުނީގެ މާކެޓް ވެލިއު ވަނީ 1.6 އިންސައްތަ ދަށަށް ގޮސްފައެވެ.