ads
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ސައުދީގެ ވަލީއަހުދާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

ސައުދީ ޕްރެސް އެޖެންސީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ދެ ގައުމުގެ އިސްވެރިންގެ މި ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައި ނުވެ އެވެ.

މިއަދު ސައުދީ ރަސްގެފާނު އަދި ދެ ހަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން އަބްދުލް އަޒީޒުގެ ފަރާތްޕުޅުން ސައުދީގެ ވަލީއުލް އަހުދު ވަނީ އީދު ދުވަހުގެ އުފަލުގައި މިނާ ޕެލެސްގައި ހަފުލާއެއް ބާއްވައިފަ އެވެ. މި ހަފުލާގައި މިއަހަރު ހައްޖަށް ވަޑައިގެން އެކި ގައުމުތަކުގެ އިސްވެރިންނާއި ދީނީ ގޮތުން ފާހަގަކޮށްލެވޭ ބޭބޭފުޅުން އަދި ހައްޖު މިޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ. 

އެ ބައްދަލުވުމުގައި ވެސް ރައީސް މުއިއްޒު އިންނެވީ ވަލީ އަހުދު ސަލްމާންގެ އެންމެ އަރިހުގަ އެވެ. މިއީ ސައުދީގެ އިސްވެރިއަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.  

ސައުދީ އަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް