މިއީ އެ އެއާލައިނަށް ގެނައި ފަސްވަނަ އޭޓީއާރް މަތިންދާބޯޓެވެ.
މީ އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ. މިއީ 46 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މޯލްޑިވިއަންއަށް ފުރަތަމަ އޭޓީއާރް މަތިންދާބޯޓު ގެނެސްފައިވަނީ 2023 ވަނަ އަހަރުއެވެ. މިހާރުވެސް އެ އެއާލައިންގެ ފްލީޓްގައި ހިމެނޭ އޭޓީއާރް ބޯޓުތަކުގެ ތެރޭގައި އޭޓީއާރް72 މަރުކާގެ 70 ފަސިންޖަރުންގެ ފްލައިޓާއި އޭޓީއާރް 42 މަރުކާގެ 46 ފަސިންޖަރުންގެ ފްލައިޓް ހިމެނެއެވެ.
މޯލްޑިވިއަންގެ ފްލީޓަަށް ގުޅުނު އާ އޭޓީއާރު
މިހާރުވެސް މޯލްޑިވިއަންއިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ 17 އެއަރޕޯޓަކަށް ދަތުރުކުރެއެވެ. އަދި އޭޓީއާރް ފްލައިޓްގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ޑޭޝް8 މަރުކާގެ ފްލައިޓާއި ސީޕްލޭންގެ އިތުރުން އެއާބަސް ފްލައިޓެއްވެސް ހިމެނެއެވެ.