ads
ވަލީއަހުދު ދެއްވި ފަރިއްކޮޅުގައި އެންމެ އަރިހުގައި ރައީސް މުއިއްޒު
ވަލީއަހުދު ދެއްވި ފަރިއްކޮޅުގަ އެންމެ އަރިހުގައި ރައީސް މުއިއްޒު
މިއަހަރުގެ ހައްޖުގައި ބައިވެރިވި ގައުމުތަކުގެ ވެރިންނަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދެއްވި ފަރިއްކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގެންފިއެވެ.
Advertisement

ހައްޖުގައި ބައިވެރިވާ ގައުމުތަކުގެ ވެރިންނާއި ސައުދީ ރަސްގެފާނު ދެއްވާ ދައުވަތަށް ހައްޖަަށްދާ ފަރާތްތަކާއި ދައުވަތަށް ހައްޖަށް ނޫސްވެރިންނަށް ސައުދީ ރަސްގެފާނު ކޮންމެ އަހަރެއްގެވެސް  މެންދުރުގެ ކެއުމެއް ދެއްވައެވެ. 

އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް ޢަޒީޒް ދެއްވި މިއަހަރުގެ ފަރިއްކޮޅުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއެވެ. މި ފަރިއްކޮޅުގައި ވަލީ އަހްދުގެ އެންމެ އަރިހުގައި އިންނެވީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

your imageސައުދީ ރަސްގެފާނުގެ ދެއްވި ފަރިއްކޮޅުގެ ތެރެއިން 

ސައުދީ ރަސްގެފާނުގެ ދެއްވާ ފަރިއްކޮޅު އާއްމު ގޮތެއްގައި ބާއްވަމުން އަންނަނީ މިނާގައި ހުންނަ ރަސްގެފާނުގެ ގަނޑުވަރުގައެވެ. ސައުދީ ރަސްގެފާނު ދެއްވާ ދައުވަތަށް ކޮންމެ އަހަރަކުވެެސް އިސްލާމީ ގައުމުތަކުގެ ވެރިންނާއި ނޫސްވެރިން މައްކާއަށް ޒިޔާރަތްކުރެއެވެ. މި ފަރާތްތަކަށް ހައްޖުގެ ހުރިހާ ހަރަދެއް ހަމަޖައްސާދޭނީ ސައުދީ ސަރުކާރުންނެވެ. އަދި މި ފަރާތްތަކުން ހައްޖުގެ އަޅުކަން އަދާކުރާނީ އެހެން މުސްލިމުންނާއި ތަފާތުކޮށް ފަސްޓް ކްލާސް ފެންވަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް