ads
ކޮވިޑް 19----
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދުވީ މަތި
ކޮވިޑް-19އަށް މިއަދު އިތުރު 241 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މިއީ އިއްޔެއާއި އަޅާ ބަލާއިރު މަތި އަދަދެކެވެ. އިއްޔެ މުޅި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 224 ގައެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދު ރާއްޖެއިން ކޮވިޑް-19 އާ ޕޮޒިޓިވްވެފައިވާ ޖުމްލަ 241 މީހުން ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 90 މީހުންނާއި އަތޮޅުތެރޭން ޕޮޒިޓިވްވީ 143 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވީ 6 މީހެކެވެ. އަދި އަަލަށް ހަދާ ރިސޯޓުތަކުން މިއަދު ދެމީހުން ޕޮޒިޓިވްވެފައިވެއެވެ.  

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 71،138 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 63،180 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތައް އުޅެނީ 7،747 ގައެވެ.

މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 87 މީހަކަށެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް