ads
އަޝްފާ އާއި ސީޒަން
އަޝްފާދެކެ ވަރަށް ލޯބިވޭ، އެވާހަކަ އޮންނާނީ ތޭރަކައިރީވެސް ބުނެފަ: ސީޒަން
ކާމިޔާބު ފިލްމީތަރި އަލީ ސީޒަންއާއި ލަވަކިޔުންތެރިއާ އަޝްފާ ވަނީ ބައިސްކޯފްގެ ޝޯއަކަށް އެކީ އަރާފައެވެ. މި ޝޯގައި އަޝްފާ ސީޒަންއާއިއެކު ބައިވެރިވެފައިވަނީ އަޝްފާގެ ފުރަތަމަ ފިލްމް ޕްރޮމޯޓް ކުރުުމުގެ ތެރެއިންނެވެ.

އެ ޝޯގައި ޕްރެސެންޓަރު ވަނީ ތުންތުންމަތިން "ސީޒަންއަކީ އަޝްފާގެ ވަރަށް "ކްލޯސް ފްރެންޑެއް" ކަމަށް އަޑުއިވޭތީ އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ؟" ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެމުން ސީޒަން ބުނެފައިވަނީ އަޝްފާ އެހާ ކްލޯސް ނުވާނެ ކަމަށާއި، އެހެންނަމަވެސް ސީޒަން ވަރަށް ކްލޯސް ވާނެ ކަމަށެވެ. އެކަމުގައި އޮތީ ކޮންތަފާތެއްތޯ އެހުމުން ސީޒަން ބުނީ މީހަކު މީހެއްދެކެ ލޯބިވެދާނެ ކަމަށާއި އެެހެންނަމަވެސް އެމީހަކު އަބުރާ ލޯބި ނުވެދާނެ ނޫންތޯ ސުވާލުކޮށްފައެވެ. 

އެޔަށްފަހު ޕްރެންޒެންޓަރު ދެން އަހާފައިވަނީ ސީޒަން އަޝްފާދެކެ ލޯބިވޭތޯއެވެ. އެސުވާލަށްވެސް ސީޒަން ސާފުކޮށް ބުނެފައިވަނީ ވަރަށް ލޯބި ވާކަމަށެވެ. އަދި އެވާހަކަ އަޝްފާގެ ފިރިމީހާ ތޭރަ ކައިރީވެސް އޮންނާނީ ބުނެފަ ކަމަށެވެ. 

"ވަރަށް ލޯބިވޭ އަސްލު. ކިހިނެތްތަވީ އަޅެ އަޝްފާދެކެ މީހަކު ލޯބިވެދާނެއްނޫންތަ؟ އެއީކީ ވަކި މީހަކު ކުރަން ޖެހޭނެ ކަމެއް ނޫނެއްނު. އަނެއްކާ ތޭރަ ކައިރީގަވެސް ބުނެފަ އޮންނާނީ އެވާހަކަަ. ވަރަށް އެޑްވާންސަށް ވާހަކައަކީ. އަދި ހާއްސަކޮށް މިހާރު މާބޮޑަށް ލޯބިވޭ. އެއީ އެހަށްދުވަހު ބެލުންތެރިންނަށް އަދި ނޭގިދާނެކަންނޭގެ އަޝްފާގެ މިބުނާ ސިންގަލް ލަވަ އެ ލަވަ އަޑުއިިވިފަ ކުރިއަށްވުރެ މާބޮޑަށް ލޯބިވޭ މިހާރު" ސީޒަން

ސީޒަން އެވާހަކަތައް ދައްކަމުންދިޔައިރު އަޝްފާވަނީ އެކަމާ ދެކޮޅު ހަދާ އެވާހަކަތައް ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. ސީޒަން ލޯބިވެއޭ ބުނާތީ އަޝްފާއަށް ކަމުނުދާކަމަށާއި އަޝްފާ ހާސްވަނީ ކަމަށް ވެސް ސީޒަން ބުނެފައިވެއެވެ. އެވާހަކަތައްް ސީޒަން ދެްކިއިރު އަޝްފާ ހެމުން އެވާހަކަތައް ހުއްޓުވާން މަަސައްކަތް ކުރިނަމަވެސް ސީޒަން އެވާހަަކަތައް ދެއްކީ މަޖަލަށް ކަމަށް ބެލެވެއެވެ. 

9%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް