ads
ރައީސް އަދި މިނިސްޓަރު ނަހުލާ
އިޒްރޭލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ހަމަޖެހިފައިވާ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަނުން ދޮގުކޮށްފިއެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އަދި ދިވެހިރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދެވިފައިނުވާއިރު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ނުވާ ވާހަކަ ވެސް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާކަމަށާއި އަދި އިޒްރޭލާއި ދެމެދު ވައިގެ ދަތުރު ފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." މިނިސްޓްރީން ބުނެފައިވެއެވެ.

އިސްރާއީލްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލްގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކެމިނޯސް އިން މިހާރު ގެންދަނީ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ އިސްރާއީލްގެ ފަތުރުވެރިންނަށް ޓިކެޓް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖްތަކެއް ވެސް އެކުންފުނިން އަންނަނީ ވިއްކަމުންނެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް