އާއިލާއާ ހަވާލާދީ ރިލްވާން އެންޑް ޔާމީން ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގައި ގަތުލުކޮށްފައިވާ ބްލޮގަރ ޔާމީން ރަޝީދު (ޗަނބޭލީގެ، ސ. ފޭދޫ) އަށް ހަމަލާދީ، އޭނާ ގަތުލުކުރި މައްސަލައިގެ ޝަރީއަތް މިހާތަނަށް ގޮސްފައިވާގޮތާމެދު ކަންބޮޑުވުން ފާހަގަކޮށް، ހާއްސަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފެންނަމުންދާ ފަރުވާކުޑަކަމުގެ ބައެއް ކަންތައްތައް ފާހަގަކޮށް، އެމައްސަލައިގެ ޝަރީއަތުގައި ވަކާލާތުކޮށްދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޔާމީން ރަޝީދުގެ އާއިލާއިން އެދިފައިވަނީ މިއަހަރުގެ ފެބްރުވަރީމަހުގެތެރޭގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލިހަށް މައްސަލަ ހުށައަޅާފައިވަނީ އާއިލާގެ އެދުމަށް މިއަދާހަމައަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް ޖަވާބެއް ދެއްވާފައި ނުވާތީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި ޕީޖީން އާއިލާއަށް ގޯނާކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އާއިލާއަށް ފޮނުވި ސިޓީއެއްގައި ޝަރީއަތުގެތެރޭގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއްގެ މައްޗަށް އެއޮފީހުން މަސްއޫލިއްޔަތު ނެގުމަށް އިންކާރުކޮށް، ދައުލަތުގެ އެހެނިހެން ތަފާތުމުއައްސަސާތަ
ޝަކުވާކުރުމަށް ބުނެފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށައެޅި ސަބަބު.
ޔާމީން ރަޝީދު ގަތުލުކުރި މައްސަލައިގެ ޝަރީއަތުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަކާލާތުކޮށްދެއްވުމަށް އެދިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓްމަހުގައެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ (މ. ޝައިނިންގް ސްޓާރ، މާލެ) ގަދަކަމުން ގެއްލުވާލާފައިވާކަމުގެ ދައުވާ އުފުލައިގެން ކުރިއަށްގެންދިޔަ ޝަރީއަތުގައި ހުކުމް ކުރެއްވި ފަނޑިޔާރު، އެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ފަރުވާކުޑަކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވުމާއި، ޔާމީން ރަޝީދު ގާތުލުކުރުމާއި ގުޅޭ ޝަރީއަތުގެ އަޑުއެހުންތަކުގައި އާއިލާއަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) އިން ޕްރޮސިކިއުޓާ ޖެނެރަލަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ މައްޗަށް ރިއާޔަތްކޮށްފައި ކަމަށް ރިލްވާން އެންޑް ޔާމިން ފައުންޑޭޝަނުން ބުނެފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް.
ޔާމީން ރަޝީދު ގަތުލުކުރި މައްސަލައިގެ ޝަރީއަތުގައި ފާހަގަކުރެވުނު، އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ބައެއް ކަންތައްތަކުގެތެރޭގައި، ދައުލަތުގެ ވަކީލުން އަޑުއެހުމަށް ވަޑައިގަންނަވާއިރުގައި ޝަރީއަތައް ބޭނުންވާ ބައެއް ލިޔެކިއުން ނުގެންދާކަމާއި، މައްސަލައިގެ މައްޗަށް ވަކާލާތުކުރައްވަމުން ގެންދަވާއިރުގައި މުހިއްމު ތާރީހުތައް ފަދަމައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު ހަނދާނުގައި ނުހުރުމާއި، ވަކާލާތުކުރެއްވުމުގައި ދިފާއީ ވަކީލުންގެތެރޭގައި ހިމެނިވަޑައިގަންނަވާ، މިހާރުގެ ބާ ކައުންސިލްގެ ރައީސް ފަދަ ބޭފުޅުން ދައުވާއާއި ގުޅުން ނެތް
ވާހަކަތައް ދައްކަވައިގެން މައްސަލަ ދިގުދަންމަން މަސައްކަތްކުރައްވާއިރުގައި އެއްވެސް ވަރަކަށް އެކަން ހުއްޓުވުމަށް ފަނޑިޔާރަށް ހުށައަޅާފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޔާމީން ރަޝީދުގެ އާއިލާއާމެދު ޢަމަލުތައް ބަހައްޓާފައިވާގޮތް.