ads
ފޮޓޯ:ބީއެމްއެލް
ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިިގެން ހުޅުވާލަނީ
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްއިން ދޫކުރާ ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިިގެން ހުޅުވާލާނެ ކަަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ އެކޮނޮމިކް ސިޓިމިއުލަސް ލޯން ސްކީމެއް ތައާރަފްކޮށްފައެވެ. މިއީ މިއަހަރުގެ މެއި 27 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެކެވެ. 

ބީއެމްއެލްއިން ބުނީ، މިމަހުގެ 20ވާ އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލްއިން އެލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަމުންދާނެ ކަމަށެވެ. އަދި އެލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ބުނެފައިވެއެވެ. 

މި ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެއެވެ. މިއީ އިންސައްތަ ކުޑަ އިންޓަރެސްޓެއްގައި ދޫކުރާ ލޯނެކެވެ. ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ އެލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭއިރު، ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް އެ ސްކީމްގައި ހިމެނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް