ads
އަނިޔާކޮށް ގަދަކަމުން ތުބުޅި ބޭލި މީހާ
މުސްލިމަކަށް އަނިޔާކޮށް ތުބުޅި ބޭލި ވީޑިއޯ ދައުރުކުރުވި މީހުންގެ މައްސަލަ ބަލަނީ
ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި އިންޑިއާ މުސްލިމަކަށް އަނިޔާކޮށް ގަދަކަމުން ތުބުޅި ބޭލި މަންޒަރު ފެންނަ ވީޑިއޯ ދައުރު ކުރުވި ނޫސްވެރިންގެ މައްސަލަ ބަލަން އެގައުމުގެ ފުލުހުން ނިންމައިފިއެވެ.
Advertisement

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި  އުމުރުން 72 އަހަރުގެ އުއްތަރު ޕްރަދޭޝްގެ ގަޒިއަބާދަށް ނިސްބަތްވާ އަބްދުލް ސަމަދު ސައިފިއަށް ހަމަލާ ދީފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އޮޓޯ ރިކްޝާއެއްގައި އައި މީހުންތަކެއް ސަމަދުއަށް ދަތުރެއް ދޭން އެދުނެވެ. އެމީީހުން، އޭނާ މީހުން ނޫޅޭ ހިސާބަކަށް ގެންގޮސް އެތައް ގަޑިއިރެއް ވަންދެން އަނިޔާކުރިއެވެ. 

ތިން މީހަކު ވެގެން އޭނާއަށް އަނިޔާކޮށް އޭނާ ލައްވާ ހިންދޫންގެ ކަލާނގެ އަށް މަތިވެރިކަން ދިނުމަށްޓަކައި، "ޖެއި ޝްރީރާމް" ކިޔުއްވާ އަދި "ވަންދޭ މާތަރަމް" ކިއުއްވިއެވެ. 

އެވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުން މަޝްހޫރު ނޫސްވެރިންތަކެއް ވަނީ އެވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ކުރުވާފައެވެ. 

އެ ވީޑިއޯ ޓްވީޓް ކުރުމުން އުއްތަރު ޕްރަދޭޝްގެ ފުލުހުން ވަނީ ތިން ނޫސްވެރިއަކާއި ދެކޮޅަށް ކޭސް ފައިލްކޮށްފައެވެ. ކޭސްތައް ފައިލްކުރީ މަޝްހޫރު ނޫސްވެރިން ކަމުގައިވާ ރަނާ އައްޔޫބު، ސަބާ ނަގްވީ އަދި ޒުބައިރު އަހުމަދު އާއި ދެކޮޅަށެވެ.

އަދި ބުރާސްފަތި ދުވަހު އިންޑިއާ ފުލުހުން ވަނީ ޓުވިޓާ އިންޑިއާގެ އެންމެ އިސް އޮފިޝަލު ފުލުހަށް ހާޒިރުކޮށްފައެވެ. 

ނޫސްވެރިންގެ މައްސަލަ ބަލަން ނިންމީ މުޖުތަމައުތެރޭ "ނަފްރަތު އުފައްދާތީ" ކަމަށް ބުނެއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ގިނަ ޖަމިއްޔާ ޖަމާތްތަކުން ވަނީ ނޫސްވެރިންގެ މައްސަލަ ބަލަން ނިންމި ނިންމުން ކުށްވެރިކޮށްފައެވެ.

އޭގެ އިތުރުން އެޑިޓާސް ގިލްޑް އޮފް އިންޑިއާއިން ވެސް ވަނީ އެއަމަލު ކުށްވެރިކޮށްފައެވެ.

އެގައުމުގެ ފުލުހުން ބުނަނީ އެމައްސަލައަކީ ދީނީ ހަރުކަށި ފިކުރާއި ގުޅުމެއް ނެތް މައްސަލައެއް ކަމަށެވެ. އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ ވެރިކަމާ ހަވާލުވި ފަހުން ހަރުކަށި ހިންދޫން އެގައުމުގެ މުސްލިމް އާބާދީއަށް އަނިޔާކުރާ މިންވަރު ވަނީ އިތުރުވެފައެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް