ads
ފޮޓޯ: އެޗްއާރްސީއެމް
ހަސަން އަފީފު ދެއްކި ވާހަކައާ ގުޅިގެން އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީ ގައުމީ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެޗްއާރްސީއެމްއިން އެއްވެސް ކަމެއް ނުކުރާ ކަމަށް މެންބަރަކު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 175 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި "6 މެއި ކޮމިޓީ" ގެ މަސައްކަތުގެ މަޢުލޫމާތު ޤައުމީ މަޖިލިހަށް ހުށަހެޅުއްވުމުން އެޕާޓީގެ އަންހެނުންގެ ރޫޙުގެ ރައީސާ ޞިފާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ހިއުމަން ރައިޓްސްގެ ފަރާތުން މި އިން އެއްވެސް ކަމަކާ އުޅޭތޯ އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ދެއްކެވި ވާހަކަފުޅަކީ ކޮމިޝަނާ މެދު ޢާއްމު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

އެ ޖަލްސާގައި އަފީފް ވިދާޅުވީ އެޗްއާރްސީއެމުން އެމައްސަލައާ ގުޅިގެން ބަޔާނެއް ނެރުނު ކަމެއް މިހާތަނަށް އެނގިފައިނުވާ ކަމަށާއި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނުއިރު، ކުށްވެރިކޮށްލާފައި ނުވާއިރު އެ ކޮމިޝަނުން ކުރާ މަސައްކަތް ބަލައިގަންނާނެ ގޮތެއް ނޭނގޭ ކަމަށެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެރޭގެ 21:00 އެހައިކަށްހާއިރު މި ކޮމިޝަނުގެ މެންބަރެއް ހިމެނޭގޮތަށް ޚާއްޞަ ޓީމެއް އެ ހޮސްޕިޓަލަށް ޒިޔާރާތް ކޮށްފައިވާނެ ކަމަށާއި އަދި މި ޙާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގަމުންދިޔަ ގޮތް އެރޭގެ 2330 އާ ހަމައަށް ކޮމިޝަނުން ދިޔައީ ބަލަމުން ކަމަށެވެ.

އަދި މި އަނިޔާވެރި ޙަމަލާއާ ގުޅިގެން މިކަން ކުށްވެރިކޮށް، މިކަމާ ކަންބޮޑުވުން ފާޅުކޮށް، ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދި، އަދި މިޙަމަލާ ދިނުމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށާއި އަދި މި ޙާދިސާ މޮނިޓަރ ކުރަމުންދާ ކަން އެ ރޭ އެ ކޮމިޝަނުން ޓްވީޓްކޮށްފައިވާނެ ކަމަށާއި އަދި މި ޙާދިސާއާ ގުޅޭ އިތުރު ޓްވީޓެއް 6 މެއި 2021 ގެ 23:23 ގައި ވެސް މި ކޮމިޝަނުގެ ރަސްމީ ޓްވީޓަރ އެކައުންޓް އިން ވަނީ ކުރިއިރު ޖެހިގެން އައި ދުވަހު ކޮމިޝަނުން މި ޙަމަލާއާ ގުޅޭ ނޫސްބަޔާނެއް ޓްވިޓާ މެދުވެރިކޮށް އާންމުކޮށްފައިވާނެ ކަމަށެވެ.

އެޗްއާރުސީއެމްއިން އިތުރަށް ބުނީ މި މައްސަލައިގެ ތަހުގީގު ކަމާގުޅުން ހުރި އެހެން މުވައްސަސާތަކުގެ އެހީގައި ކުރިއަށް ގެންދަމުން އަންނަ ކަމަށާއި ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް