
ސަލްމާން ހާން
ސަލްމާން ބަޔޯޕިކް ކުޅެނީ
ސީއެންއެމް ނިއުސް ޓީމް
19 ޖޫން 2021 - 09:17:27
ބޮލީވުޑް ގެ އެންމެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އޭނާ ގެ ފިލްމީ ހަޔާތުގައި ކުޅޭ ފުރަތަމަ ބަޔޯޕިކް ކުޅެން ސޮއިކޮށްފިއެވެ.
32 އަހަރުގެ ސަލްމާން ކުޅޭ މި ފިލްމު ޑައިރެކްޓުކުރަނީ ރާޖް ކުމާރު ގުޕްތާއެވެ. ރާޖް ކުމާރު ގުޕްތާ މި ފިލްމު ހަދަން 5 އަހަރު ދިރާސާކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ. މި ފިލްމު ބިނާ ވެފައިވަނީ ރަވިންދުރަ ކައުޝިކް މަޝްހޫރު ނަމުންނަމަ "ބްލެކް ޓައިގާ" ގެ ހަޔާތުގެ މައްޗަށެެވެ.
މި ފިލްމުގެ ނަމަށް ކިޔަން އެންމެ ރަނގަޅު ނަމަކީ ބްލެކް ޓައިގާ ކަމަށްވިޔަސް އެނަމެއް ނުކިޔާނެ ކަމަށާއި ސަބަބަކީ ސަލްމާން “ޓައިގާ" ފިލްމުތައް ކުޅެފައިވާތީ ކަމަށެވެ.
މި ފިލްމު ގެ ކެރެކްޓާ އަކީ ސަލްމާން އަށް އާ ކެރެކްޓާއަކަށް ނުވާނެއެވެ. ސަބަބަކީ މީގެ ކުރިންވެސް ސަލްމާން މިފަދަ ކެރެކްޓާ ކުޅެފައިވާތީއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް