ads
ކައިލީ--
ކައިލީ މިވަގުތު ކައިވެންޏެއް ކުރާކަށް ނުވިސްނާ
ރިއަލިޓީ ޓީވީ ސްޓާ ކައިލީ ޖެނާ މިވަގުތު ކައިވެންޏެއް ކުރުމާ ދޭތެރޭ ނުވިސްނާ ކަމަށް އޭނާ ބުނެފިއެވެ.

ކައިލީ މަޝްހޫރު ރެޕާ ޓްރެވިސް ސްކޮޓްއާ ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުއެވެ. އަދި 2018 ވަނަ އަހަރު އެ ދެމީހުންނަށް ދަރިއަކު ލިބުނު ފަހުން އެ ދެމީހުން ވަނީ 2019 ވަނަ އަހަރު ބްރޭކްއަޕް ވެފައެވެ.

އެހެންނަމަވެސް އެ ދެމީހުންގެ ދަރިފުޅު، ސްޓޯމީ ވެބްސްޓާގެ ކަންތައްތަކުގައި ޓްރެވިސްއާ ކައިލީއާ ދެމީހުން ގުޅިގެން އެކީ މަސައްކަތް ކުރާތީ އެ ދެމީހުން އަނެއްކާވެސް ޑޭޓް ކުރަންފަށާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ޓްރެވިސް ކައިލީއަށް "ވައިފީ" ގެ ނަމުން މުހާތަބުކުރުމާއެކު ކައިލީގެ ގިނަ ފޭނުން ވަނީ އެ ދެމީހުން ކައިވެނީގެ ގޮތުން ގުޅެނީތޯ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅޭގޮތުން ކައިލީ ބުނީ ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މިވަގުތު ކައިވެންޏެއް ކުރުމާ ދޭތެރޭ ނުވިސްނާ ކަަމަށް ކައިލީ ބުންޏެވެ.

ކައިލީއާއި ޓްރެވިސް ރުޅިވީ ޓްރެވިސް ޗީޓް ކުރީމަ ކަަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް ޓްރެވިސް ވަނީ އެކަން ދޮގުކޮށްފައެވެެ. 

ކައިލީއާއި ޓްރެވިސްގެ ދަރިފުޅު ސްޓޯމީއަށް މިހާރު ވަނީ ތިން އަހަރު ފުރިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް