ads
ރާއްޖޭ ގައުމީ ޓީމުގެ ކުޅުންތެރިން
އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުގެ ގުރުއަތު ޖުލައި އެކެއްގައި
ވޯލްޑް ކަޕް، އަދި އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ގުރުއަތުލުން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް އޭއެފްސީން ތާވަލުކޮށްފިއެވެ. ތިންވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ ޖުލައި އެކެއްގައި މެލޭޝިޔާގައެވެ.
Advertisement

ކޮލިފައިން ދެވަނަ ބުރުން، އެއް ޓީމު ވަކިވުމާ އެކު މުބާރާތުގެ ފޯމެޓަށް ގެނެވުނު ބަދަލާ އެކު ދިވެހިރާއްޖެވެސްވަނީ ތިންވަނަ ބުރަށް ކޮލިފައިވެފައެވެ. ތިންވަނަ ބުރުން، އޭޝިއަން ކަޕުގެ ބާކީ އޮތް އެގާރަ ޖާގައަށް ޓީމުތައް ކަނޑައެޅޭނެއެވެ. މިހާރު އޮތީ ތޭރަ ޓީމު މުބާރާތަށް ކޮލިފައިވެފައެވެ. އޭޝިއަން ކަޕް އޮންނާނީ ދެހާސް ތޭވީސްވަނަ އަހަރު ޗައިނާގައެވެ.

ތިންވަނަ ބުރުގައި ޖުމްލަ ސަރުވީސް ޓީމުން ވާދަކުރާނެއެވެ. އެއީ މިދިޔަ ހަފުތާގައި ނިމުނު ކޮލިފައިންގައި ހުރިހާ ގުރޫޕަކުން އެންމެ ފުލަށް ދިޔަ ހަތަރު ޓީމާ އެކުއެވެ. އެންމެ ފުލަށް ދިޔަ ހަތަރު ޓީމު ހޯމް އެންޑް އަވޭ ޕްލޭ އޮފެއް ކުޅެގެން ތިންވަނަ ބުރަށް ކޮލިފައިވާނީ ދެ ޓީމެވެ. އެއާއި އެކު ޖުމަލް ސައުވީސް ޓީމު ހަ ގްރޫޕަކަށް ބަހާލާނެއެވެ. ހަ ގުރޫޕުން ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ދެވަނަ އަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަސް ގްރޫޕުގެ ދެވަނައަށް އަންނަ ފަސް ޓީމު ވެގެންދާނީ އޭޝިއަން ކަޕަށް ކޮލިފައިވާ ފަހު ފަސް ޓީމަށެވެ. އޭޝިއަން ކަޕުގައި ވާދަކުރާނީވެސް ޖުމްލަ އެކު ސައުވީސް ޓީމެވެ.

ދިވެހިރާއްޖެ ހިމެނިފައިވަނީ ތިންވަނަ ބުރަށް ކޮލިފައިވި ބާވީސް ޓީމުގެ ތެރޭގައެވެ. މި ޓީމުތައް ފީފާގެ ރޭންކިންއަށް ބަލައި ސީޑު ކުރާނީ ހަތަރު ޕޮޓެއްގައި ހިމެނޭ ގޮތަށެވެ. ކޮންމެ ޕޮޓެއްގައި ރޭންކިންއަށް ބަލައި ހަ ޓީމު ހިމެނޭއިރު، ކޮންމެ ޕޮޓަކުން ހަ ގްރޫޕުންކުރެ ކޮންމެ ގްރޫޕަކަށް ޓީމެއް ލައި، ޖުމްލަ ހަތަރު ޓީމު ހަމަކުރާނެއެވެ. މި ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މެޗުތައް އޮންނާނީ ސެޕްޓެމްބަރުން ފެށިގެން އަންނަ އަހަރުގެ ކުރީކޮޅާ ހަމައަށެވެ. ރަސްމީ ތާރީޚުތައް ޖުލައި މަހު އިއުލާން ކުރާނެއެވެ.

މިހާރުގެ ރޭންކިންގއަށް ބަލާނަމަ، ރާއްޖެ އޮތީ ތިންވަނަ ޕޮޓުގައެވެ. ގުރުއަތު ނަގާއިރު ކޮންމެ ހަތަރު ޕޮޓުން ކުރެ ކޮންމެ ޕޮޓަކުން ޓީމެއް ނަގާނެއެވެ. ރޭންކިންއަށް ބަލާއިރު، މި ސަރަހައްދުން އެއްވަނަ ޕޮޓުން ޖާގަ ލިބުނީ އިންޑިޔާއަށް އެކަންޏެވެ. ދެވަނަ ޕޮޓުގައި ސާކު ސަރަހައްދުގެ ގައުމެއް ނުހިމެނެއެވެ. ތިންވަނަ ޕޮޓުގައި ރާއްޖެ އޮތް އިރު ހަތަރުވަނަ ޕޮޓުގައި ސާކު ސަރަހައްދުން ބަންގްލަދޭޝް ނޭޕާލް އަދި ސްރީ ލަންކާ އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް