ads
ދުވަހުވެސް ވަކި ނުވާނެ ކަމަށް ބުނި އެލެކްޒެންޑްރަ އާއި ވިކްޓޯރިއާގެ އަތުގަ އަޅުވާފައިވާ ބިޑި ކަނޑާލަނީ
ދުވަހަކުވެސް ވަކި ނުވާނެ ކަމަށްބުނެ ބިޑި އަޅުވައިގެން އުޅުނު ޖޯޑު ވަކިވެއްޖެ
ދުވަހަކުވެސް ވަކިނުވެ އެކީގައި އުޅޭނެ ކަމަށް ބުނި ޔޫކްރެއިންގެ ދެ ލޯބިވެރިން އެންމެ 123 ދުވަހަށް ފަހުވަކިވެއްޖެއެވެ.

 ދަގާޑިއަން ނޫހުން ރިޕޯޓް ކުރާ ގޮތުގައި ދެލޯބިވެރިން ވަކިވީ އެތައް ފަހަރަކު އެތައް މައްސަލައެއް ޖެހުމަށް ފަހުއެވެ. 

ޔޫކްރެއިންއަށް ނިސްބަތްވާ އެލެކްޒެންޑްރަ ކުޑްލޭ އަދި ވިކްޓޯރިއާ ޕުސްޓޮވިޓޯވަ ވަކިވި ކަން އިއުލާން ކުރީ އެގައުމުގެ ގައުމީ ޗެނަލުންނެވެ. ވަކިވިކަން އިއުލާނު ކުރަމުން އެމީހުން ބުނީ އެ އެކްސްޕެރިމަންޓުން އެކީގައި އުޅުމުގެ ހަޑި ހަގީގަތް އެނގިގެން ދިޔަ ކަމަށެވެ.

މިއަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަސް ނުވަތަ ލޯބިވެރިން ދުވަހު ދެމީހުން އެކީ ބިޑި އެޅުވުމަށް ފަހު އެމީހުންގެ ދިިރިއުޅުމުގެ ހުރިހާ ކަމެއް ކޮށްފައިވަނީ އެކީގައެވެ.  

your imageއެލެކްޒެންޑްރަ އާއި ޕުސްޓޮވިޓޯވާ 

ޕުސްޓޮވިޓޯވާ ބުނީ އެކީގައި އުޅުނު އިރު އޭނާ އެންމެ "މިސްވީ" އޭނާގެ "ޕާސަނަލް ސްޕޭސް" މަތިން ކަމަށެވެ. އެއީ ލޯބިވެރިޔާއެކު ޗެއިން ޖަހާފަ ހުރި ނަމަވެސް އޭނާ ބޭނުންވި ސަމާލުކަން ލޯބިވެރިޔާ ނުދޭތީ ކަމަށް ޕުސްޓޮވިޓޯވާ ބުނެއެވެ.

your imageޕުސްޓޮވިޓޯވާ (ކ) އާއި އެލެގްޒެންޑްރަ

ވަކިވާން ފުރަތަމަ ބޭނުންވީވެސް އޭނާ ކަން ޕުސްޓޮވިޓޯވާ ވަނީ ރޮއިޓާސް އަށް ގިސްލައި ރޮމުން ކިޔާދީފައެވެ.

"އަހަންނަށް ހީވަނީ މިއީ އަހަރުމެންނަށް ލިބުނު ފިލާވަޅެއްހެން، އަދި އެހެން ޔޫކްރޭންގެ ލޯބިވެރިންނަށް ވެސް އަދި އެހެން ގައުމުތަކުގައި އުޅޭ ލޯބިވެރިންނަށް ވެސް އަހަރުމެން މިކުރި ކަންތައް ނުކުރަން." ޕުސްޓޮވިޓޯވާ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ކިޔައިދިނެއެވެ.

އެކީގައި އުޅުނު ދުވަސްތަކުގައި ކިތަންމެ އަޑުއަހަން ބޭނުންވި ނަމަވެސް އެލެގްޒެންޑްރަ އެންމެ ފަހަރަކުވެސް މިސްވާ ވާހަކައެއް ނުބުނާ ކަމަށް ޕުސްޓޮވިޓޯވާ ބުނެއެވެ.

އެލެކްޒެންޑްރަ ބުނީ އެދެމީހުންނަކީ ވަަރަށް ތަފާތު ދެމީހުންކަން ބިޑި އަޅުވައިގެން އުޅުމުން އެނގިގެން ދިޔަ ކަމަށެވެ. އުމުރުން 33 އަހަރުގެ އެލެކްޒެންޑްރަ އަކީ ކާރު ސޭލްސްމެން އެކެވެ. އަދި 29 އަހަރުގެ ޕުސްޓޮވިޓޯވާ އަކީ ބިއުޓީޝަނެކެވެ.

your imageއެލެކްޒެންޑްރަ އާއި ޕުސްޓޮވިޓޯވާ ވަނީ އެކީ 123 ދުވަސް ހޭދަކޮށްފަ

އެކީގައި އުޅުނު ދުވަސްކޮޅު އެމީުހުން ވަނީ 7،800 މީހުން ފޮލޯ ކުރާ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ގިނަ ބަޔަަކަށް އެމީހުންގެ ދިރިއުޅުން ދައްކާލާފައެވެ.

އެދެމީހުން ވަނީ އެކީގައި އުޅުނު ދުވަސްކޮޅު އަޅައިގެން އުޅުނު ބިޑި ނީލަން ކިޔަން ނިންމާފައެވެ. އަދި ނީލަން ކިޔަައިގެން ލިބޭ ފައިސާ އެހީގެ ގޮތުގައި މީހުންނަށް ހަދިޔާ ކުރަން ނިންމައިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް