ހުޅުދުއްފާރުން ގޯތި ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
12 އޮކްޓޯބަރ 2019 - 15:10:46
ރ. ހުޅުދުއްފާރުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބުނު ގޮތް އާންމުކޮށް ލިބުނު ޕޮއިންޓާ މެދު ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އާ ދެމެދު ޝަކުވާ ހުށަހަޅާ ފޯމު ކައުންސިލުން ދޫކުރާނެ ކަމަށާއި އެގޮތުން ޝަކުވާ ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00 ކަމަށެވެ.
އާބާދީގައި ގާތްގަނޑަކަށް 1500 އެއްހާ މީހުން އުޅޭ ހުޅުދުއްފާރުން ދޫކުރަން ނިންމާފައި ވަނީ 2000 އަކަފޫޓުގެ 70 ގޯއްޗެވެ. އެ ގޯތިތައް ދޫކުރަނީ ރަށުގެ އުތުރާއި އިރުމަތި އަދި ދެކުނު ކޮޅުން ކަމަށް ރަށު ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ.
އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ ހަތް ވަރަކަށް އަހަރު ކުރިންނެވެ.
އޭގެ އިތުރުން ކައުންސިލުގެ ރައީސް ވިދާޅުވީ ރ. އަތޮޅަށް ލިބިފައިވާ 1500 ހައުސިން ޔުނިޓްގެ ތެރެއިން އެރަށަށް 97 ހައުސިން ޔުނިޓް ލިބިފައިވާ ކަމަށެވެ. އެކަމަކު އަދި އެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭކަން ވެސް ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް