އެސްޓީއޯއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނިންދޭ ތެލުގެ ހިދުމަތް އަގު ބޮޑު ކުރަން ނިންމީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށްއައި ބޮޑު ބަދަލަކާއި ގުޅިގެންނެވެ.
އެގޮތުން އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޑީސަލް ލިޓަރެއްގެ އަގަކީ 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ވެދޭ އެހީއެއްގެ ގޮތުން، ޕެޓްރޯލާއި ޑީސަލްގެ އަގު މިދިޔަ އަހަރު މާރިޗް މަހުވަނީ ހެޔޮކޮށްފައެވެ. އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހާ ހަމައަށް ހެޔޮ އަގުގައި ތެޔޮ ވިއްކަމުން އައި ނަމަވެސް އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.