ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން--
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ. ޖަލްސާ ބާއްވާފައިވަނީ "ފަހިވޯޓު" މެދުވެރިކޮށެވެ.

އެމްޓީސީސީން ބުނީ ޖަލްސާގައި 30 ހިއްސާދާރުން ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 80 ހިއްސާދާރުން ތަމްސީލު ކުރެވުނު ކަމަށާއި ޖަލްސާގައި މުޅިއެކު ތަމްސީލުވީ 37 ހިއްސާދާރުން ކަމަށެވެ. އެއީ މުޅިއެކު 5551,957 ހިއްސާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލް ކުރައްވާ ބޭފުޅުންގެ ނަންތައް ވަނީ ޖަލްސާގައި އިއުލާނުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ތަމްސީލް ކުރައްވާ ޑިރެކްޓަރުން.  
1- މުހައްމަދު ފަހީމް / ހިޔާވަހި، ނ.ކުޑަފަރި (ޗެއަރޕަރސަން، ނޮން- އެގްޒެކެޓިވް ޑިރެކްޓަރ)
2- އާދަމް އާޒިމް / މ.ސީނުކަރަންކާގެ، ކ.މާލެ (ޗީފް އެގްޒެކެޓިވް އޮފިސަރ، އެގްޒެކެޓިވް ޑިރެކްޓަރ)
3- ޝާހިދު ހުސައިން މޫސާ / އިހާ، ޅ.ހިންނަވަރު (ޗީފް އޮޕްރޭޓިންގ އޮފިސަރ، އެގްޒެކެޓިވް ޑިރެކްޓަރ)
4 ސިނާން އަލީ / ދަފްތަރު ނަންބަރު ދރ 950، ކ.މާލެ (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ)
5. މުހައްމަދު ފަރީދު / ރޭވުވިލާ، ފ.ފީއަލި (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ)

އާންމު ހިއްސާދާރުން ތަމްސީލް ކުރައްވާ ޑިރެކްޓަރުން:
1- މުހައްމަދު އިމްރާން އަދުނާން، / މ. މެއިންޒް، ކ.މާލެ (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ)
2. ނަސްރަތު މުހައްމަދު / ހެޕީނައިޓް، ގއ.ވިލިނގިލި (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ)

އެމްޓީސީސީން ބުނީ 2020 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނީގެ 2020 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ވެސް މިއަދު ފާސްކުރައްވާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް