ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ހިޔާ ފްލެޓްތަކުގެ އެއްބަސްވުން އެޗްޑީސީ ވެބްސައިޓުން ފެންނާނެ
ހިޔާ ފްލެޓުތަކުގެ އެއްބަސްވުނުން ވަކިވަކި ފަރާތްތަކަށް ފޮނުވުމުގެ ބަދަލުގައި އެއްބަސްވުން އެޗްޑީސީ ވެބްސައިޓްގަ ޝާއިއުކުރަން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6،720 ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ އެންމެހައި ކަމެއް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

ހިޔާ މަޝްރޫއަކީ ނިސްބަތުން ބޮޑު މަޝްރޫއެއް ކަމުން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުމަކީ ދަތިކަމެއް ކަމުން، ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރަން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ޑްރާފްޓް އެއްބަސްވުމަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުން އެ ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭ ނަމަ، އެކަން އިއުލާން ކުރުމަށް ފަހު އަލުން ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް