ads
ނ.މިލަދޫ
މިލަދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ
ނ.މިލަދޫ ބަނދަރު ތަރަށްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއްް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގެ 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫގެ މަސަކަތް ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން ހަވާލުކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ ކުންފުނި އެމްޓީސީސީއަށެވެ.

 މި މަޝްރޫޢުއަކީ ސަރުކާރުން 42.1 މިލިއަން ރުފިޔާގެ ހަރަދު ކޮށްގެން ހިންގާ ބޮޑު މަޝްރޫއެކެވެ.

މިމަޝްރޫގެ ސަަބަބުން މިލަދޫ ރައްޔިތުންގެ ބޮޑެތި އުއްމީދުތަކެއް ހާސިލް ވެގެންދާނެއެވެ. އަދި އެރަށަށް ލަފާ ފުރުމަށް ދިމާވެފައިވާ ދަތިތަށް ހައްލުވެގެން ދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް