ads
ކެނދިކުޅުދޫ ދާއިރާ މެމްބަރު އީސަ
މެމްބަރު އީސަގެ މައްސަލަ "އަސޫ ޖަޒުބާތުގައި" ޖެހިފައި؟
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ އޭނާގެ އަނބިކަބަލުންނަށް ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައަކީ މި ފަހުން ދެކެވުނު އެއްވާހަކައެވެ.

މި މައްސަލަ ފުލުހުންނައް ހުށަހެޅިފައިވަނީ 19 މޭ ވަނަ ދުވަހުއެވެ. ޕޮލިހަށް ހުށެއެޅުނު މައްސަލާއިގައި ވަނީ އީސަ އޭނާގެ އަނބިކަބަލުންނަށް އަނިޔާކޮށް، އަނބިކަބަލުންގެ އިނގިލި ބިންދާލާފައިވާ ކަމަށެވެ. އެ ކަން ހިނގި ވަގުތު އެ ދެ މަފިރިންގެ ދަރިފުޅުވެސް އެތާގައި ހުރި ކަމަށެވެ. އަދި އީސަ ދަރިފުޅު ނަގައިގެން ބެލްކަންޏަށް ނިކުމެވަޑައިގެން، ދަރިފުޅު ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށް އެ ރިޕޯޓް ގައި ބުނެފައިވެއެވެ. މިކަމާއި ގުޅިގެން އީސަގެ އޭރުގެ އަނބިކަނބަލުން  އަސްރާ ނަސީމް އައިޖީއެމްއެޗް ހޮސްޕިޓަލް ގައި އެޑްމިޓް ކުރި ކަމަށްވެސް ވެއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކޮށް އީސަ ގެ އިސްތިއުފާއަށް ގޮވާލާ މައްސަލަ ބަލަން ވެސް  އަވަސް ކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން ގިނަ ބަޔަކު ވަނީ އެމްޑީޕީއަށް އީސައާއި ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާފައެެވެ. 

ދެން ފެނިގެން ދިޔައީ އީސައަށް ފިޔަވަޅު އެޅި ތަނެއެވެ. މިކަމާ ގުޅިގެން އެމްޑީޕީ އިން ވަނީ މެމްބަރު އަހްމަދު އީސަ ޕާޓީގެ ގައުމީ މަޖިލީހުނާއި ޕާޓީ އެތެރޭގެ ކޮމެޓީ ގެ މުގައްރިރު ކަމުން އޭނާ  ތަހުގީގުކޮށް ނިމެންދެން އެއްކިބާ ކޮށްފައެވެ. އީސަ ވަނީ މަޖިލީހުގެ އިޖްތިމާއީ މުގައްރިރުކަމުން އިސްތިއުފާ ދެއްވާ ނޫސް ބަޔާނެއް ނެރުއްވާފައިއެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ އޭނާ ގެ މައްޗަށް ކުރެވިފައިވާ ގެވެށި އަނީޔާ ގެ މައްސަލައެއް ތަހުގީގުކުރެވެމުންދާތީ، ދައުލަތުގެ ކަމާއި ބެހޭ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުންދިނުމައްޓަކައި، އޭނާ ރައްޔިތުން ގެ މަޖިލީހުގެ އިޖްތިމާއިީ ކޮމެޓީ ގެ މުޤައްރިރުކަމުން އިސްތިއުފާދީފައިވާކަމަށެވެ. ދިވެހި ރާއްޖޭ ގެ ގާނޫނާއި ގަވާއިދުތަކާއި ހިލާފުވާ އެއްވެސް އަމަލެއް އޭނާ ކޮށްފައިނުވާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އެ ބަޔާނުގައި ވަނީ އަރުވަފައިއެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާ ދިވެހި ފުލުހުންނަށް އޭނާގެ އިތުބާރު އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދޭނެކަމަށެވެ. 

އީސަގެ ދޮށީ ދަރިފުޅުގެ ވާހަކަވެސް މިކަމުގައި ސާފުވެފައި ތަފްސީލެވެ. މިކަމާއި ގުޅިގެން އޭނާ ގެ ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު ވަނީ އޭނާ ގެ ބައްޕަ ހައްގުގައި ތެދުވެ ފޭސްބުކްގައި ރައްދު ދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކިޔަވަން ބޭރުގައި ހުރުމަށްފަހު މާލެއައިސް އޭނާ ދިިރިއުޅެމުން ދަނީ ބައްޕައާއި “ލޫތު ކޮއްކޮ” އާއި “އަސޫ ދައްތަ” އާއެކު އެއްގޭގައި ކަމަށެވެ. އަދި ދުވަސްތަކެއް ކުރިން ބައްޕައާއި ދައްތަ ވަރިވެފައި ވާކަން ބައްޕަ ފަރާތުން ވަނީ އެނގިފައި ކަމަށް ވެސް އޭނާ ބުނެއެވެ.  ނަމަވެސް ކޮއްކޮއަކީ ތުއްތު ކުއްޖެއް ކަމުން ދެފަރާތުގެ “އަންޑަސްޓޭންޑިން” އެއްގެ ދަށުން އެއްގޭގައި އުޅެން ނިންމާފައިވާ ކަމަށާއި އެ ކުޑަ އާއިލާގެ ހުރިހާކަމެއް ބައްޕަ އައީ ވަރަށް ރަނގަޅަށް ބަލަހައްޓަމުން ކަމަށާއި އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ހުރިހާ ކަމެއްވެސް ބައްޕަ ވަރަށް ރަނގަޅަށް ހަމަޖައްސަމުން ދިޔަ ކަމަށް ޖިދާދު ބުނެ އެވެ.  ލޫތު ބެލްކަނިން ވައްޓާލަން އުޅޭތަން ފެނިފައި ވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ޖިދާދު ބުނެފައި ވަނީ އެ ސްޓޭޓްމަންޓް ވަނީ އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ބަދަލު ކޮށްފައިކަމަށެވެ. ފުރަތަމަ ބުނީ ލޫތު އެއްލާލަން އުޅުނީއޭ، ދެން ބުނީ ލޫތު ގޮވައިގެން ފުންމާލަން އުޅުނީއެވެ. ދެން ބުނީ ލޫތު ބެލްކަނިން ބޭރަށް ނެރެގެން ވައްޓާލާނެ ކަމުގެ ބިރު ދެއްކީއެވެ. މިވަރަށް މިވާހަކަ ބަދަލުވަމުން އައި އައުމަކީ ސުވާލު އުފެދޭ ކަމެއް ކަމުގަ އޭނާ ބުނެއެވެ. 

މައްސަލަ ހުށަހެޅިތާ މާގިނަ ދުވަހެއް ނުވެ މެމްބަރު އީސަގެ ކުރީގެ އަނބިކަނބަލުން އަދި ނައީބް ރައީސް ފައިސަލް ނަސީމް ގެ ކޮއްކޯފުޅު އަސްރާ ނަސީމްވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި ބަޔާން ދިނީ ޖެހުނު މައްސަލައެއްގެ ރުޅި އާއި ޖަޒުބާތުގައި ކަމަށް ވިދާޅުވެ ދައުވާ ކުރިއަށް ނުގެންދަން އެދިވަޑައިގެން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުއްވަވާފައެެވެ.  ސިޓީގައި އަސްރާ ވިދާޅުވީ އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށެވެ.  އީސަގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އަދި އަސްރާގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށެވެ. ސަބަބަކީ އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް ވިދާޅުވެއެވެ. މިފަހަރު މިމައްސަލަ ނިމޭނީ އަސްރާގެ ޖަޒުބާތުގައި ޖެހިގެން ހެއްޔެވެ؟  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް