ads
ވެލާނާގެ-- ފޮޓޯ: މުހައްމަދު ޝަރްހާން
މާލިއްޔަތު ގަވާއިދަށް ގެންނަ ބަދަލުތައް އަންނަ ހަފުތާގައި އޭޖީ އޮފީހަށް ފޮނުވަނީ
މާލިއްޔަތު ގަވައިދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އަންނަ ހަފުތާގައި އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މާލިއްޔަތު ގަވާއިދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އަންނަ ހަފުތާގައި އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެޓީވީން ގެންނަ ވިޔަފާރި ޕްރޮގްރާމަކަށް ދިން އިންޓަވިއެއްގައި ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އެގްޒެކްޓިވް އަހުމަދު މުޖުތަބާ ވަނީ ޕްރޮކިއުމެންޓް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މާލިއްޔަތު ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ މާލިއްޔަތު ގަވާއިދުގެ ސަބަބުން ބީލަންވެރިންނަށް ދަތިތައް ދިމާވަމުން އަންނާތީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކުރައްވާ މުޖުތަބާ ވިދާޅުވީ މާލިއްޔަތު ގަވާއިދު އިސްލާހުކުރަން ކޮމެޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކޮމެޓީން މާލިއްޔަތު ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވާއިރު އެ ބަދަލުތައް އަންނަ ހަފުތާގައި އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން ޕްރޮކިއުމެންޓް ނިޒާމުގައި މިހާރު ދިމާވާ މައްސަލަތަކަށް ވެސް ހައްލެއް އަންނާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް