ads
ރައީސް ޔާމީން ނަރީޝް
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ހޮވިއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ނަރީޝް ޑެޕިއުޓީ މޭޔަރު ކަަމަށް ވާދަކުރި އިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ  މައްޗަށްގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު 

މިއަދު ބޭއްވި އިންތިހާބުން، ނަރީޝް އަށް ޑެޕިއުޓީ މޭޔަރުކަން ލިބުނީ ފަސް ވޯޓުގެ ތަފާތުންނެވެ. އެގޮތުން ނަރީޝް އަށް ޖުމްލަ 12 ވޯޓު ލިބިފައިވާއިރު، ޒަމީރު އަށް ލިބުނީ ހަތް ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ލިބުނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑިއެވެ. އަދި 11 ގޮނޑިއާއެކު މާލެ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އޮތީ ޕީޕީއެމްގެ އަތުގައެވެ. ޖޭޕީ ޓިކެޓުގައި ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރު ވެސް މިހާރުވަނީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.

ޑެޕިއުޓީ މޭޔަރު އިންތިހާބުކުރަނީ ހުރިހާ ކައުންސިލަރުން އެއްތަނަކަށް އެއްވެ ނަގާ ސިއްރު ވޯޓަކުންނެވެ. މޭޔަރުން އިންތިހާބުވީ އިރު ޑެޕިއުޓީ މޭޔަރަކު ނުހޮވުނީ ކޮވިޑުގެ ސަބަބުން ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް