ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި އެކުންފުނިން ހަދިޔާކޮށްފައިވަނީ އެޗްއީއޯސީ ގައި މަސައްކަތް ކުރާ ވަގުތު ބޭނުން ކުރުވޭނެ އެއްޗެހިކަމަށެވެ.
އެޗްއީއޯސީ ގައި މަސައްކަތް ކުރާ ފަރާތްތަކުން ވަމުންދާ ގުރުބާނީ ހެޔޮހިތުން ބަލައިގަންނަކަމަށް ވެސް ސްޓެލްކޯއިން ބުނެފައުވެއެވެ.
ސްޓެލްކޯގެ އަހަރީ ދުވަހަކީ މި މަހުގެ 19 ވަނަ ދުވަހެވެ. އަހަރީ ދުވަހުގެ މުނާސަބަތުގައި ސްޓެލްކޯއިން ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގުރާމެއް ބާއްވަންވެސް ނިންމާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯ ކުންފުންޏަށް މިއަހަރު 24 އަހަރު ފުރުނު ނަމަވެސް، މިއަހަރުގެ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން ފެށިތާ 72 އަހަރު ޑިސެމްބަރު 20ވަނަ ދުވަހު ފުރޭނެ އެވެ.