ads
ހަނިމާދޫ
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން އިތުރަށް ބިން ދޫކުރުމާ ދެކޮޅަށް ރައްޔިތުން ނިކުންނަނީ
ހދ. ހަނިމާދޫ އެއާޕޯޓަށް މިހާރު ދޫކޮށްފައި އޮތް ސަރަހައްދުގެ ބޭރުން އެއާޕޯޓުގެ ބޭނުމަށް ބިން ނެގުމާއި ދެކޮޅަށް ހަނިމާދޫ ރައްޔިތުން ނިކުންނަން ނިންމައިފިއެވެ.

ހަނިމާދޫ އެއާޕޯޓަށް މިހާރު ދޫކޮށްފައި އޮތް ސަރަހައްދުގެ ބޭރުން ބިން ހޯދުމަށް ކުރާ މަސައްކަތާ ދެކޮޅަށް އެރަށު ރައްޔިތުން އަޑު އުފުލަން ނިންމާފައިވީ ނަމަވެސް އެ އެއްވުން ބޭއްވުން ފަސްކޮށްފައިވަނީ އެރަށުގައި ކޮވިޑު ފެތުރެމުންދާތީކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެރަށު މީހަކު ސީއެންއެމްއަށް ބުންޏެވެ.

"މި އެއްވުން ފަސްކޮށްފައިވަނީ ކައުސިލުން ނެރެފައިވާ ކޮވިޑް 19 ގެ ގައިޑްލައިން އާއި ހިލާފަވާ ކަންކަން ހުރުމުން. މި އެވުން ފަސްކުރި އަނެއް ސަބަބަކީ މިރަށް މިވަގުތު މޮނީޓަރިންގައި އޮތުމުން،" އެރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ތަފްސީލްކޮށް ދިނެ އެވެ.

ބިމުގެ މައްސަލާގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ ޖަމިއްޔާ އަދި ކެތިއަރާ ކުލަބުގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެކަމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.

ހަނިމާދޫގައި އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުނެވެ. އިތުރު ބިން ހޯދުމަށް އުޅެނީ އެ މަޝްރޫއަށް ބޭނުންވެގެން ކަމަށް ވެ އެވެ.

ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓަށް އިންޑިއާއިން ފަންޑުކުރި ނަމަވެސް، އެ އެއާޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ސަތޭކަ އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް އިއްޔެ ގެނައި އިސްލާހާއެކު ހަނިމާދޫ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ފެތުރުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް