ads
ޑރ. މުހައްމަދު އިޔާޒް
އަންހެނުން ހިތާނުކުރަން ޑރ. އިޔާޒް ހިތްވަރުދޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އަަންހެން ކުދިން ހިތާނުކުރަން ޖެހޭ ކަމަށް ބުނެ އެކަމަށް ހިތްވަރުދީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވާހަކަ ދައްކަވާ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ހުށަހަޅާފައިވަނީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ.

މައްސަލަ ހުށަހަޅުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)، އަށް ހިތްވަރު ދީފައިވާ ކަމަށެވެ.

އަދި އެފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވާތީ އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި އަނެއްކާ ވެސް އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފަތް އާލާވަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދާދި ފަހުން ބުނެފައެވެ.

މިކަމާ ގުޅިގެން ޑރ. އިޔާޒް ވަނީ އަންހެނުން ހިތާނު ކުރުމުން ލިބޭ ސިއްހީ ފައިދާތަށް ކަމަށް ބުނާ ލިންކެއް ޓްވީޓުކުރައްވާފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް