ads
241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް
241 ކޮމެޓީގެ އިންކުއަރީއަށް 32 އޮފިސަރުންނާއި ސުވާލުކޮށްފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދެމުންގެންދިޔަ ވަރަުގަދަ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީއަށް މިހާތަނަށް އެމްއެންޑީއެފެގެ 32 އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ނަގާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިންކުއަރީ ކުރިއަށް ދާގޮތާއި ގުޅޭ މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވީ، އޭގެ ތެރޭގައި ޗީފް އޮފް ޑިފެންސްފޯސް މޭޖަ ޖެނަރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ބްރިގޭޑިއަ ޖެނަރަލް އަބްދުރަހީމް އަބްދުލް ލަތީފްގެ އިތުރުން ކުރީގެ އެސްޕީޖީގެ ކޮމާންޑަރު ކާނަލް ނަސްރުﷲއިބްރާހިމް މަޖްދީއާއި ދެ ފަހަރެއްގެ މަތިން ކޮމެޓީން ބައްދަލުކޮށް މައުލޫމާތު ހޯދާފަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަދި ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ ފަސް ބޭފުޅަކާއިވެސް ބައްދަލުކޮށްފަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ހައުސިން މިނިސްޓަރު މުހައްމަދު އަސަލަމް އާއި، ކުރީގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުަހައްމަދުގެ އިތިރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ޒަމީރުއާއި ބަައްދަލުކޮށް ވެސް މައުލޫމާތު އެއްކުރެވިފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އޭގެއިތުރުން، މޯލްޑިވްސް މަނިޓަރީ އަތޯރަޓީ(އެމްއެމްއޭ)ގެ ފަރާތުން ގަވަރުނަރު އަލީ ހާޝިމްއާއި، ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދުގެ އިތުރުން، ފައިނޭޝަލް އިންޓެލިޖެންސް އިބްރާހިމް އަހްމަދު ނާސިރާވެސް ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާއިރު، ހަމަލާއާއިއެކު ރައީސް ނަޝީދަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާއި ބައްދަލުކޮށް މައުލޫމާތު ނެގުމަށް ނިންމާފައިވާކަަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެވޭނެ ބޭފުޅުންގެ ނަންތައް ހުށަހެޅުމަށް މިހާރު ހުސްޕިޓަލުގައި އެދިފައިވާނެ ކަމަށެވެ. 

އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ ތަހުގީގުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުމަށް ރައީސް އޮފީހުގެ ފަރާތުން އައްޔަންކޮށްފައިވާ ހާއްސަ މަންދޫބު މިނިސްޓަރު އައްބާސް ފާއިޒުއާއިވެސް މިއަދު ބައްދަލުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ނިމިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައީސް ނަޝީދަށް ދެވުނު ވަރުގަދަ ސެެކިޔުރިޓީ "ފޫއަޅުވާލި" ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ 241 ކޮމިޓީން ހިންގަމުންދާ އިންކުއަރީއަށް މިހާތަަނަށް ކޮމެޓީގެ 79 ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ޖުމުލަ 107 ގަނޑިއިރު އިންކުއަރީގެ މަަސައްކަތައް ކޮމެޓީން ހޭދަކޮށްފަވެއެވެ. 

އެ ކޮމެޓީން ކުރިއަށްދާ އިންކުއަރީ ނިންމާލުމަށް ތާވަލުކޮށްފަވަނީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީގެ ރިޕޯޓް މިމަހުގެ ނިޔަލަށް ނިންމާލެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އިންކުއަރީ އެއްކޮށް ނިންމާލެވޭއިރު، އެ މަަސައްކަތް ފުރިހަމަ ކުރުމަށްޓަަކައި އިތުރަށް ސާފުކުރަންޖެހޭ އެއްވެސް މައުލޫމާތެއް ސާފު ނުކޮށް ދޫކޮށް ނުލާނެ ކަމަށާއި، އިންކުއަރީއާއި ގުޅިގެން ކޮމެޓީން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުއް ފެންނަ ރިޕޯޓަކަށް ވާނެކަމުގެ ޔަގީންކަން މުގައްރިރުގެ ހައިސިއްޔަތުން ދެއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް