ads
ކުޑަކުއްޖާ މަރާލައިފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
މަރާލި ކުއްޖާ އުފުލިކަމަށް ތުހުމަތުކުރާ ކާރު ފުލުހުން ހޯދައިފި
މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ އުފުލިކަމަށް ތުހުމަތުކުރާ ކާރު ފުލުހުން ހޯދައިފައިވާކަމަށް ސީއެންއެމްއަށް މައުލޫމާތު ލިބިއްޖެ އެވެ.

ސީއެންއެމްއަށް އެނގިފައިވާގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފޮއްޓަކަށްލައިގެން އުފުލިކަމަށް ތުހުމަތުކުރާ ކާރު ހޯދުމަށް ފަހު މިހާރުވަނީ އެ ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެކާރު ހޯދާފައިވަނީ ހުޅުމާލެއިންކަމަށާއި އެ ކާރަކީ ހުޅުމާލޭގައި އާންމުކޮށް ދުއްވާ ކާރެއްކަމަށް ވެ އެވެ.

ރަހީނުކޮށްގެން ގެންގުޅުމަށް ފަހު މަރާލި ކުއްޖާގެ އުފުލި ކާރާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އަދި އެކާރު ހޯދުނު ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިިދިޔަ އާދިއްތަ ދުވަހު ކަމަށާއި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކުއްޖާ ފެނިފައިވަނީ ހުޅުމާލޭ ފޭސް2 ގެ މީހުން ނޫޅޭ ސަރަހައްދުގެ އިރުމަތިފަރާތު ފަޅުތެރެއިން ފޮއްޓަކަށްލާފައި އޮއްވަ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރު ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ފުލުހުން ބުންޏެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުޑަކުއްޖާގެ މަރުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާއާ އެކުގައި އުޅޭކަމަށް ބުނާ ނ. ލަންދޫ ބަގީޗާގޭ، އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން އާއި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. 

މި ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދަށް ކޯޓަށް ޖަހާފައިވަނީ 15 ދުވަހެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް