ads
ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް
އިންކުއަރީއަށް ބޭނުންވާ ގިނަ މައުލޫމާތުތައް ހޯދިއްޖެ: އަސްލަމް
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދެމުންގެންދިޔަ ވަރަުގަދަ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓް ހެދުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންކުއަރީ ކުރިއަށް ދާގޮތާއި ގުޅޭ މައުލޫމާތުތައް ނޫސްވެރިންނާއި ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވީ، އިންކުއަރީގެ ސުވާލުތައް އަމާޒުކުރެވިފައިވާނީ، ބޭނުންވާ މައުލޫމާތު ހޯދުމަށްކަމަށާއި، އެ ސުވާލުތަކަށް ބޭނުންވާ މައުލޫމާތު ހުރިހާ ބޭފުޅުންވެސް ދެއްވި ކަމަށެވެ. 

އެހެންނަމަވެސް ބައެއް ސުވާލުތަކަށް ދަށުގެ ރޭންކުތަކުގެ އޮފިސަރުންނަށް ޖަވާބު ނުދެވޭނެކަމަށާއި، އެ ސުވާލުތަކަށް ޖަވާބުދެއްވާނީ މަތީ ރޭންކުތަކުގެ ބޭފުޅުންކަމަށް ވުމުން، އަމާޒުކުރެވުނު ބައެއް ސުވާލުތަކަށް "މިވެނި ސެކްޝަނަކުންނޭ ޖަވާބު ދެއްވާނީ" ވިދާޅުވެފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އިންކުއަރީއަށް އެއްބާރުލުން ލިބިފައިވާ ކަމަށާއި، ބޭނުންވާ މައުލޫމާތުތައްވެސް ފުރިހަމައަށް ލިބިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް ބޭނުންވާ ގިނަ މައުލޫމާތުތައް، އަޅުގަނޑުމެން ލިޔެކިޔުމުން ހޯދި މައުލޫމާތުގެ އަލީގައި އަދި އަޅުގަނޑުމެން ކޮމެޓީއަށް ރިޕޯޓް އެކުލަވާލެވޭ ވަރަށް އެންމެ ފުރިހަމައަށް މައުލޫމާތު ލިބިފަވާކަމަށް ދަންނަވަން" އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ ކޮމެޓީގެ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުން ލިބިފައިވާ ކަމަށެވެ. މިހާތަނަށް އެމްއެންޑީއެފެގެ 32 އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ނަގާފައިވާއިރު ޖުމްލަ 49 މީހަކާއި ވަނީ ކޮމެޓީން ބައްދަލުކޮށް މައުލޫމާތު ނަގާފައެވެ. 

އިންކުއަރީއަށް މިހާތަަނަށް ކޮމެޓީގެ 79 ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ޖުމުލަ 107 ގަނޑިއިރު އިންކުއަރީގެ މަަސައްކަތައް ކޮމެޓީން ހޭދަކޮށްފަވެއެވެ. 

އެ ކޮމެޓީން ކުރިއަށްދާ އިންކުއަރީ ނިންމާލުމަށް ތާވަލުކޮށްފަވަނީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިންކުއަރީގެ ރިޕޯޓް މިމަހުގެ ނިޔަލަށް ނިންމާލެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އިންކުއަރީ އެއްކޮށް ނިންމާލެވޭއިރު، އެ މަަސައްކަތް ފުރިހަމަ ކުރުމަށްޓަަކައި އިތުރަށް ސާފުކުރަންޖެހޭ އެއްވެސް މައުލޫމާތެއް ސާފު ނުކޮށް ދޫކޮށް ނުލާނެ ކަމަށާއި، އިންކުއަރީއާއި ގުޅިގެން ކޮމެޓީން އެކުލަވާލާ ރިޕޯޓަކީ އިންސާފުވެރި ދެފުއް ފެންނަ ރިޕޯޓަކަށް ވާނެކަމުގެ ޔަގީންކަން މުގައްރިރުގެ ހައިސިއްޔަތުން ދެއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް