ads
ޑރ. އިޔާޒް---
އަންހެން ކުދިން ހިތާނުކުރަން ޖެހޭނެ ކަމަށް ބުނެފައެއް ނޯންނާނެ: އިޔާޒް
އަަންހެން ކުދިން ހިތާނުކުރަން ޖެހޭނެ ކަމަށް ނުބުނަން ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
Advertisement

އަންހެނުން ހިތާނުކުރުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ޑރ. އިޔާޒް ހިތްވަރު ދީފައިވާ ކަމަށް ބުނެ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އަދި އެކަމާއި ގުޅިގެން ޑރ. އިޔާޒަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ.

އެކަމަށް ރައްދުދެއްވައި ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނުން ހިތާނުކުރުން ހިތްވަރުދޭކަމަށް ދެއްކޭނެ ހެއްކެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް މީހަކު ކައިރީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭނެ ކަމަށް ބުނެފައެއް ނޯންނާނެކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. 

ނަމަވެސް އެއީވެސް ދުނިޔޭގައި ކުރާ އަދި އެކަމުގެ ފައިދާތައް ބައެއް ބޭފުޅުން ހާމަކުރައްވާފައިވާ ކަމެއް ކަމުގައި ބުނެފައިވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. 

" ތިކަމަށް ދެއްކޭނެ ހެއްކެއް ނޯންނާނެ. ތަކްރާރުކޮށް ދަންނަވަން. އެއްވެސް މީހަކު ކައިރީ އަންހެން ކުދިން ޚިތާނު ކުރަން ޖެހޭނެ ކަމަށް ބުނެފައެއް ނޯންނާނެ. ނަމަވެސް އެއީވެސް ދުނިޔޭގައި ކުރާ އަދި އެކަމުގެ ފައިދާތައް ބައެއް ބޭފުޅުން ހާމަކުރައްވާފައިވާ ކަމެއް ކަމުގައި ބުނެފައިވާނެ" ޑރ އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ، އިސްލާމްދީނުގައި މިވެނިކަމެއް އޮންނަނީ މިހެންނޭ ބުނެ ވާހަކަ ދައްކަންވާނީ ވަރަށް ބޮޑަށް ހަގީގަތް ބަލާފަ ކަމަށާއި، އެނޫން ގޮތަކަށް ވާހަކަ ދެއްކުމަކީ ޖެންޑަ މިނިސްޓަރަށް ވިޔަސް އަދި މަޖްލިސް މެމްބަރަކަށް ވިޔަސް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މެންބަރު މީކާއިލް ހުށަހެޅުއްވި އެމައްސަލާގައި ވަނީ، އެފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވާތީ އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި އަނެއްކާ ވެސް އަންހެން ކުދިން ހިތާނުކުރުމުގެ ސަގާފަތް އާލާވަމުން އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދާދި ފަހުން ބުނެފަވަނިކޮށް، ޑރ. އިޔާޒް ވަނީ އަންހެނުން ހިތާނު ކުރުމުން ލިބޭ ސިއްހީ ފައިދާތަށް ކަމަށް ބުނާ ލިންކެއް ޓްވީޓުކުރައްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް