ads
އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވަނީ--
ކުރިއަށް ނުދަނީ ކޮވިޑްގެ ސަބަބުން މީހުން ހާޒިރު ނުކުރެވިގެން: އެސެޓް ރިކަވަރީ
ހާޒިރު ކުރަން ޖެހޭ އެތައް ބަޔަކު ކޮވިޑް-19 އާ ގުޅިގެން ހާޒިރު ނުކުރެވިގެން، ބަލަމުންދާ މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފައިވާ ކަމަށް ހިޔާނާތްތައް ބަލާ އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
Advertisement

އެ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ބައެއް މީޑިއާތަކަށް ވިދާޅުވީ ކޮމިޝަންގެ ތަހުގީގަށް ހާޒިރުވާން އެތައް ބަޔަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ހާޒިރުވާން އަންގާ ބައެއް ފަރާތަކުން ކޮވިޑްގެ އުޒުރުތައް ދައްކާ ކަމަށެވެ.

ކޮމިޝަނުން ބުނީ ބަލާ ބައެއް މައްސަލަތައް ކުރިއަށް ގެންދަން ދަތިވާން ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ. އެކަމަކު މައްސަލަތައް ނިންމަން އެ ކޮމިޝަނުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ.

އެ ކޮމިޝަނުން ބަލާ މުހިއްމު ތިން މައްސަލަ އެއް މިހާރު އޮތީ ނިންމާލުމުގެ މަރުހަލާގައި ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ. ނަމަވެސް އެއީ ކޮން ތިން މައްސަލައެއް ކަމެއް އެކޮމިޝަނުން ނުބުނެއެވެ.

ބައެއް ފަރާތްތައް ހާޒިރުވުމަށް އުޒުރުވެރިވި ނަމަވެސް އެކޮމިޝަނަށް ހާޒިރުވެ މައުލޫމާތު ދޭން ބައެއް ފަރާތްތައް އަމިއްލައަށް ހުށަހަޅާފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނއެފައިވއެވެ. އަދި އެ ފަރާތްތަކާ ސުވާލު ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދާ ކަމަށްވެސް ވެއެވެ.

އެކޮމިޝަނުން ބުނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުނާއި ކުންފުނިތައް ހިމަނާ، މަޖިލީހަށް ފޮނުވި ލިސްޓަށް މިހާރު ބައެއް ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެގޮތުން 12 ކުންފުންޏެއް މިހާރު ވާނީ ލިސްޓުން އުނިކޮށްފައި ކަމަށާއި އެކަމަކު ލިސްޓްގައި ހިމެނޭ ވަކިވަކި ފަރުދުންގެ އަދަދު ލިސްޓުން މަދު ނުވާނެ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް އެންމެ ފަހުން ފޮނުވި ލިސްޓު މަޖިލީހުން އާންމުކޮށްފައިވާއިރު 281 ފަރާތެއް ލިސްޓުގައި ހިމެނެ އެވެ. އޭގެތެރެއިން 119 މީހުންނަކީ އެކި ދުވަސްވަރު ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުނެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނެކެވެ. މި ކޮމިޝަންގެ އެންމެ ބޮޑު މަސައްކަތަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމެވެ. އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދާ ކަމަށްބުނެ އެކޮމިޝަނަށް ފާޑު ކިޔަމުންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް