61 އަހަރުގެ ބެނިންގްނޯ އަކުއިނޯ 3 އަކީ ޕިލިޕީންސް ގެ 15 ވަނަ ރައީސެވެ. އޭނާ ޕިލިޕީންސް ގައި ވެރިކަން ކޮށްފައިވަނީ 2010-2016 ވަނަ އަހަރާއި ދެމެދުއެވެ.
އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. ފާއިތުވެދިޔަ ފަސް މަސް ދުވަހު އޭނާ ވަނީ ޑައިލެސިސް ވެސް ކުރިޔަށް ގެންގޮސްފައިކަމަށް އަލްޖަޒީރާ ގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބެނިންގްނޯ އަކުއިނޯ 3 ގެ ހައަހަރުގެ ޒައާމަތުގައި ޕިލިޕީންސަށް ވަނީ އިގްތިސާދީ އެތައް ކުރިއެރުންތަކެއް ވެސް ލިބިފައެވެ.
ބެނިންނޯ އަކީ ޕިލިޕީންސްގެ ސިޔާސީ ދާއިރާގައި މަޝްހޫރު އާއިލާ އަކުން އައިސްފައިވާ ޝަހުސިއްޔަތެކެވެ. އޭނާގެ މަންމަ އަކީ ޕިލިޕީންސްގެ 11 ވަނަ ރައީސާ ކޯރަޒޮން އަކުއިނޯއެވެ. އޭނާގެ ބައްޕަ ބެނިންނޯ އަކުއިނޯ ޖޫނިއާ އަކީ ޕިލިޕީންސްގެ ކުރީގެ ސެނެޓަރެކެވެ.