ads
ޖުޑީސަލް ސާވިސް ކޮމިޝަން
ސ.މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
ސ.މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓް ގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހިމް ނަފީސް ހުސެއިންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހެންބުނެފައިވަނީ އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ. 

މި ބަޔާނުގައި ވާގޮތުގައި ޖިނާއި ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލުމަށް ސ.މަރަދޫފޭދޫ ކޯޓުން ނިންމާފައި ވުމާއެކު އެމައްސަލަ އިސްތިއުނާފް ކުރުމަށް، ހައިކޯޓުގައި އެދިފައި ވެއެވެ. އެކޯޓުން ކަނޑައެޅި ގޮތުގެ މަތިން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން ބަންދު މުރާޖާކުރުމަށް ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވީ ނަމަވެސް އެ ހުށަހެޅުން އެކޯޓުން ބަލައިގަނެފައި ނުވާކަމަށެވެ. 

މިކަމާއި މެދު ގޮތެއް ނިންމާފައި ނުވާތީ ސ.މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓް ގެ އިސްމެޖިސްޓްރޭޓްގެ އަލްއުސްތާދު އިބްރާހިމް ނަފީސް ހުސެއިން އަމަލު ކުރައްވާފައިވާ ގޮތާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލަ ތަހްގީގު ކުރުމަށް 23 ޖޫން ގައި ބޭއްވި އެ ކޮމިޝަން 49 ވަނަ ޖަލްސާގައި ނިންމާފައި ވާކަމަަށާއި މިމައްސަލަ ތަހުގީގު ކުރަން ކޮމެޓީއެއް އެކުލަވާލާފައި ވާކަމަށް ވެސް މި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް