ads
ކޮވިޑް 19
ކޮވިޑް-19: އަނެއްކާވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 200އިން މައްޗަށް
ދުވަސްތަަކަކަށް ފަހު އަނެއްކާވެސް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200އިން މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ޖުމްލަ 212 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވެއެވެ. އެއީ މާލެ ސަރަހައްދުން 52 މީހަކާއި، އަތޮޅުތަކުން 157 މީހެއްގެ އިތުރުން، ރިސޯޓްތަކުން ޕޮޒިޓިވްވި ދެމީހެކެވެ. 

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 72،678 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 68،196 އަށް އަރާފައިވާއިރު، މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 38 މީހަކަށެވެ. 

އަދި މިހާތަނަށް ރާއްޖެއިން 207 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު، ބަލިޖެހިފައިވާ 4،262 މީހުން މިވަގުތުވެސް ރާއްޖޭގައި އެބަތިއްބެވެ.

މިއަދު އިތުރު 212 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިއީ ފާއިތުވި ތިން ދުވަހާއި އަޅާބަލާއިރު މަތި އަދަދެެކެވެ. މި ތިން ދުވަހު ކޮވިޑް ކޭސްތައް އުޅުނީ 200 އިން ދަށުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް