މި ޓްރިބިއުޓް ބެލުމަށް ފަހު ނީތޫއަށް މިވަނީ އުފަލުން ރޮވިފައެވެ. ނީތޫގެ ފިރިމީހާ ރިޝީ ކަޕޫރު މަރުވެފައިވާއިރު، މި ޓްރިބިއުޓް ހާއްސަކޮށްފައިވަނީ ނީތޫ އާއި ރިޝީ ކަޕޫރަށެވެ. އެގޮތުން ޝޯގެ ބައިވެރިން ވަނީ ރިޝީގެ ލަވަތަކަށް ޕާފޯމްކޮއްފައެވެ.
ސޮނީ ޓީވީ ގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައި މިހާރު ވަނީ މި ވަނީ މި ޝޯގެ ވީޑިއޯ ކްލިޕެއް އަޕްލޯޑް ކޮއްފައެވެ. މި ކްލިޕްގައި ޝޯގެ ބައިވެރިންގެ ޕާފޯމަންސް ބެލުމަށްފަހު ނީތޫ އަށް ރޮވޭ މަންޒަރު ފެނިގެން ދެއެވެ. އަދި މީގެ އިތުރުން މި ޓްރިބިއުޓް ވަރަށް ރީތިކަމަށް ނީތޫ ބުނެފަވެފެއެވެ. މީގެ އިތުުން ނީތޫ ބުނީ އެއްވެސް މީހަކު މިހާ ރީތި ޓްރިބިއުޓެއް ދީފައި ނުވާކަމަށާއި، އަދި ނުވެސް ދެވޭނެކަމަށެވެ. ޕާފޯމަންސް ވަރަށް ހިތްގައިމުކަންވެސް ނީތޫވަނީ ބުނެފައެވެ.
އަަދި އޭގެ އިތުރުން ނީތޫގެ ދަރިފުޅު، ރަންބީރު ކަޕޫރު ގެ ފޭން އަކާވެސް ނީތޫއާ ވަނީ މި ޝޯތެރެއިން ދިމާވެފައެވެ. އަންޝިކާ ނަމަކަށް ކިޔާ މި ކުއްޖާ ވަނީ ނީތޫ އަށް ކާޑެއްވެސް ހަދިޔާކޮއްފައެވެ. ކާޑުގައި ރަންބީރު ގެ ފޮޓޯއަކާއި އެކު ރަންބީރަކީ އަންޝިކާގެ ފެވަރިޓް ކަމަށް ލިޔެފަވެއެވެ. ރަންބީރުގެ ފޮޓޯ އާއި އެކު އަންޝިކާގެ ފޮޓޯއެއްވެސް ކާޑުގައި ހަރުކުރެވިފައި ވެއެވެ.
މީގެ އިތުރުން ރަންބީރު ފޯނަށް ގުޅާ އަންޝިކާ ވާހަކަ ދައްކާ މަންޒަރުވެވެސް މި ވީޑިއޯ ކްލިޕުން ފެނިގެންދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;