ads
މި އަހަރުގެ އަރަފާތު ދުވަހުގެ ހުތުބާ ދެއްވީ، މަސްޖިދުއްނަބަވީގެ އިމާމު ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީ.
ގައުމުތަކުގެ ވެރިންނަށް ތެދުމަގުގައި ސާބިތުކަން ދެއްވުމަށް ނަބަވީގޮ އިމާމު ގޮވާލައިފި
މުސްލިމު އުންމަތް އެކުވެރިކޮށް، ސުލްހަވެރިކޮށް، މުސްލިމުންގެ ކަންކަން މަސަލަސްކޮށް، މުޅި އުންމަތް ހައްގުގެ މައްޗަށް ޖަމާކޮށް، ގައުމުތަކުގެ ވެރިންނަށް ތެދުމަގުގައި ސާބިތުކަން ދެއްވުމަށް މިއަަހަރުގެ ހައްޖު ހުތުބާގައި މިއަދު ގޮވާލައިފި އެވެ.
Advertisement

މަސްޖިދުއްނަބަވީގެ އިމާމު ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީ ދެއްވި ހައްޖު ހުތުބާގައި ހަމްދު ސޮލަވާތަށްފަހު ހުތުބާގައި ފުރަތަމަ ހަނދާންކޮށް ދިނީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމެވެ. އެ ދުވަހު ބިން ހެލުމަކީ ބޮޑުވެގެންވާ ބިން ހެލުމެއް ކަމާއި އެ ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން މާބަނޑު މީހުންގެ ބަނޑުގައިވާ ދަރި ވައްޓާލާފައި ދުވާނެ ކަމާއި މީސްތަކުން މަސްތުވެގެންވާ ބަޔަކުހެން، އާވާރާވެގެން ބިރުން ކޮޅުކޮޅަށް ދުވާނެކަން ހަނދާންކޮށްދިނެވެ.

މާތް ﷲއަށް ޝުކުރުވެރިވުމަށާއި ކެތްތެރިކަން އިސްކުރުމަށް ވެސް ގޮވައިލެއްވި އެވެ. ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކައިނުލާ ﷲ ދެއްވާ އެއްޗެއް ކަމުގައި ބުނުއްވައި ﷲގެ މި އާޔަތް ވިދާޅުވިއެވެ. ‎﴿قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَـٰذِهِ الدُّنْيَا حَسَنَةٌ وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾‏ (الزمر: ١٠) މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ! މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި ﷲގެ ބިން ވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ."

މީގެ އިތުރުން، އެއް ބަޔަކު އަނެއް ބަޔަކަށް އިހުސާންތެރިވެ، ބަހުގެ ގޮތުން ތެދުވެރިވުމަށް މި ހުތުބާގައި ގޮވާލި އެވެ. ހުތުބާ ނިންމާލަމުން ކުރި ދުއާގައި އެންމެހާ ހައްޖުވެރިންގެ ހައްޖު ގަބޫލުކުރެއްވުމަށް އަދި ދުއާތަކަށް އިޖާބަދެއްވުމަށް އެދި ދުއާކުރި އެވެ. އަދި ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވެސް އެންމެން ރައްކާތެރިކޮށް، އިސްލާހުކޮށްދިނުމަށް އެދުނެވެ.

މުސްލިމު އުންމަތް އެކުވެރިކޮށް، ސުލްހަވެރިކޮށް، މުސްލިމުންގެ ކަންކަން މަސަލަސްކޮށް، މުޅި އުންމަތް ހައްގުގެ މައްޗަށް ޖަމާކުރުމާއިއެކު ގައުމުތަކުގެ ވެރިންނަށް ތެދުމަގުގައި ސާބިތުކަން ދެއްވުމަށް ވެސް ހުތުބާގައި މިއަދު އެދުނެވެ. 

މަސްޖިދުލްހަރަމުގެ މަތިވެރިކަމާއި މާތްކަން ހުތުބާގައި ފާހަގަކުރެއްވި އެވެ. އެގޮތުން، މީހަކު ނުބައި ކަމަކަށް ހިތުލައިގެން އެ ބިމަށް ހިނގައްޖެ ނަމަ، އޭގެ ނުރައްކާތެރިކަން ފާހަގަކޮށް، އެކަމަށް އުގޫބާތް ދެއްވާނެކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.

ހުތުބާގައި ވަނީ އާހިރަތަށްޓަކައި ވެވޭނެ އެންމެ ބޮޑު ތައްޔާރީއަކީ މާތް ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން ކަމަށް ގޮވާލައިފަ އެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ދުއާކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވި އެވެ.

"ހައްޖުގެ އަޅުކަމުގެ ތެރޭގައި އުރެދުންތަކުން ދުރުހެލިވާންޖެހޭ. އަދި ޒުވާބުކުރުމާއި، ސިޔާސީ ޝިއާރުތަކާއި ވަކި ފަރާތްތަކަށް ތާއީދުކޮށް ގޮވާލާ ގޮވާލުންތަކުން ދުރުހެލިވާންޖެހޭ،" ހުތުބާގައި ގޮވައިލި އެވެ.

ހުތުބާ ނިންމަވައިލެއްވީ އަނިޔާ ލިބެމުންދާ މުސްލިމުންނަށް، ކެއްތެރިކަންދެއްވުމަށާއި، އަވަސް ނަސްރެއްދެއްވުމަށް އެދި ދުއާކުރައްވަމުންވެ. އަދި މުސްލިމް އުއްމަތް އެއްބައިވަންތަކުރެއްވުމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށް ވެސް ދުއާކުރައްވައިފައި އެވެ.

މިއަހަރުގެ ހައްޖު ހުތުބާ ދެއްވީ މަސްޖިދުއްނަބަވީގެ އިމާމު ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީ އެވެ. ހުޒައިފީއަކީ މުޅި އިސްލާމީ ދުނިޔެ އިހުތިރާމްކުރާ ބޮޑު އިލްމުވެރިއެކެވެ. ހުޒައިފީއަކީ 1979 ވަނަ އަހަރުން ފެށިގެން މަސްޖިދުއްނަބަވީގެ އިމާމްކަމާއި ހަތީބުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން މަސްޖިދުލް ހަރަމްގެ އިމާމްކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;