ads
ކިއާރާ އަޑްވާނީ
ކިއާރާ އަށް ޖޫން މަސް ހާއްސަވާ ސަބަބު އެނގޭތަ؟
ބޮލީވުޑްގެ ޒުވާން ތަރި ކިއާރާ އަދުވާނީ ވަނީ ޖޫން މަހަކީ އޭނާއަށް ހާއްސަ މަހެއްކަން ބުނެފައެވެ.

ކިއާރާ މިހެން ބުނެފައިވަނީ ފިލްމް "ކަބީރު ސިންގް" އަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ކިއާރާ ބުނެފައިވަނީ ޖޫން މަހަކީ އޭނާ އަށް އަބަދުވެސް ވަރަށް ހާއްސަ މަހެއްކަމަށެވެ. އަދި މި ފިލްމަކީ އެންމެންގެ ދިރިއުޅުން ބަދަލުކޮށްލި ފިލްމެއްކަމަށާއި، ފިލްމު މަތިން ވަރަށް ހަނދާންވާކަމަށެވެ. 

your imageކިއާރާގެ އިންސްޓަގްރާމް ސްޓޯރީ

2019 ވަނަ އަހަރު ޖޫންމަހު ރިލީޒްކުރި "ކަބީރް ސިންގް" އަކީ ކިއާރާގެ އެންމެ ހިޓް ފިލްމަށް ވާއިރު މިފިލްމަށް ވަނީ ގިނަބައެއްގެ ލޯބި ލިބިފައެވެ. އަދި މި ފިލްމް ވެގެން ދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ. 

މިފިލްމުގެ ލީޑް ރޯލުން ކިއާރާ އާއި އެކު ފެނިގެން ގޮސްފައިވަނީ ޝާހިދު ކަޕޫރެވެ. ކިއާރާގެ އިތުރުން ޝާހިދު ވެސް ވަނީ ފިލްމަށް ދެ އަހަރު ފުރުން ފާހަގަކޮށް ފިލްމްގެ ހަނދާންތައް އާކޮށް އިންސްޓަގްރާމު ސްޓޯރީގައި ޕޯސްޓުކޮއްފައެވެ.

އެހެންކަމުން ކިއާރާ އަށް ޖޫން މަސް ހާއްސަވެގެން ގޮސްފައި މިވަނީ، އޭނާގެ ކެރިއަށް ބޮޑު ބަދަލެއް އައީ ޖޫންމަހު ނެރުނު ފިލްމް "ކަބީރު ސިންގް" އިން ކަމަށް ވާތިއެވެ. އެ ފިލްމަށް ފަހު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ކިއާރާ ހިމެނިގެންދިޔައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް