ads
އައްޑޫ ސިޓީ ކައުންސިލް
ހިތަދޫ ފިޔަވާ އައްޑޫގެ އެހެން ހުރިހާ ރަށެއްގައި ކާފިއު އުވާލައިފި
އައްޑޫ ސިޓީގެ ހިތަދޫ ފިޔަވާ އައްޑޫ ސިޓީގެ އެހެން ރަށް ތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައިފިއެވެ.

މިހާރުވެސް އައްޑޫ ސިޓީ ގެ ހިތަދޫގައި ކޮވިޑް ޖެހިފައިވާ 123މީހުން އެބަ ތިބިއެވެ. ހިތަދޫގައި ކޮވިޑް ވަރަށް ހަލުވި ކަމާއިއެކު ފެތުރެމުންދާތީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް އަދި ލުޔެއް ދީފައެއް ނުވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އައްޑޫސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހިތަދޫ ފިޔަވާ ދެން ހުރި ރަށްތައް ކަމަށްވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. 

އައްޑޫގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 445 އަށް އަރާފައެވެ. އެ ސިޓީން އެބަލީގައި މިހާތަނަށް މަރުވެފައިވަނީ ދެމީހުންނެވެ.

މިހާތަނަށް ދިވެހި ރާއްޖޭގައި 72678 މީހުން ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާ އިރު ކޮވިޑް ބަލީ ގައި 207 މީހުން ވަނީ މަރުވެފައިއެވެ. މީގެ އިތުރުން 68197 މީހުން ވަނީ ކޮވިޑް 19 އިން ރަނގަޅުވެފައިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް