ads
ޗެކް ރިޕަބްލިކް އަށް އެރި ނަގޫރޯޅީގައި ގެއްލުން ވެފައިވާތަނެއް
ޗެކް ރިޕްލިކް އަށް ނަގޫރޯޅިއެއް އަރާފި
ޗެކް ރިޕްލިކްގެ އަވަށްތަކަކަށް ނަގޫރޯޅިއެއް އަރާ ބޮޑުތި ގެއްލުންތަކެއް ވެއްޖެއެވެ.

ބީބީސީ އިން ރިޕޯޓްކުރާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ގަޑިއަކު 219 ކިލޯ މީޓަރު ބާރުމިނުގައި ދަތުރުކުރަމުންދާ ނަގޫރޯޅީގެ ސަބަބުން ޗެކް ރިޕަބްލިކް ގެ، ދެ އަވަށެއް ކަމުގައިވާ ބާކްލަވް އާއި ހޯޑޯނިން އަވަށުގެ ގިނަ ގެތަކުގެ ފުރާޅުތައް އެއްލާލާ އެއްގަމު އުޅަނދުފަހަރުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެންމެ ބޮޑެތި ގެއްލުން ލިބުނު އަވަށްތައް ސިފަވަނީ ހަނގުރާމައިގެ މައިދާނެއް ފަދައިންކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

ޓެނިސް ބޯޅަވަރަށް ބޮޑު ގަނޑުފެން ބޯޅަ ވެސް އެ އަވަށްތަކަށް ފައިބާފައިވާކަމަށް ބީބީސީ އިން ބުނެއެވެ. މިކަމުގެ ސަބަބުން 25 ކިލޯމީޓާރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށްވެއެވެ. 

މި ނަގޫރޯޅީގެ ސަބަބުން 100 މީހުންނައް އަނިޔާވެފައިވާއިރު  4 މީހަކު މަރުވެފައިވާކަމަށާއި 1000 އަށް ވުރެން ގިނަ މީހުން ގެ ގެދޮރަށް ގެއްލުން ލިބިފައިވާކަމަށްވެސް ޗެކް ރިޕަބްލިކުގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން ހާލުގައި ޖެހުން ފަރާތަކަށް އެހީ ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް