ފޯކައިދޫ ކައުންސިލް މެންބަރު ސަދާ ޝަހީމް ސީއެންއެމް އަށް ވިދާޅުވީ ކަނާ ވިހަވީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ރޭ އެ ރަށުގައި ބޭއްވި ހަފްލާއެއްގެ ތެރޭގައި ކެއުން ތައްޔާރުކުރުމަށް ބޭނުންކޮށްފައި ހުރި މަސްތައް ކޮންމެވެސް ވަރަކަށް ސަކަރާތްވެފައި ހުރުމުން ކަމަށެވެ.
އެގޮތުން ގިނަ ބަޔަކު ކާނާ ވިހަވެފައިވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މިހާތަނަށް ކާނާ ވިހަވެފައިވަނީ ދެ މީހުން ކަމަށް ސަދާ ވިދާޅުވިއެވެ.
އެތަނުން އެކަކަށް ފޯކައިދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، އެކަކުގެ ހާލު ސީރިއަސް ވެގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ސަދާ ވިދާޅުވިއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު މުޅި ރާއްޖޭގައި އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންދާއިރު ބައެއް ރަށްރަށުގައި އެމްޑީޕީގެ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ދަނީ ފާހަގަ ކުރަމުންނެވެ.