ނޭޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސަމީރު ވިދްވަން ޑައިރެކްޓްކުރާ މި ފިލްމުގެ ނަމަކީ "ސަތިއަނާރަޔަން ކީ ކާތާ" އެވެ. ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑަކްޝަންސްގެ ދަށުން ގެނެސްދޭ ފިލްމެކެވެ.
ފިލްމަށް ސޮއިކުރުމަށް ފަހު ކާތިކް ދިން އިންޓަވިއުއެއްގައި ބުނީ ސާޖިދު އާއެކު މަސައްކަތް ކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިއަށް ވުރެ ރަނގަޅު ފުރުސަތެއް އޭނާއަށް ނުލިބޭނެ ކަމަށެވެ.
މި ފިލްމު އިއުލާންކޮށްފައި ވަނީ މޯޝަން ޕޯސްޓަރަކާ ވެސް އެކުގަ އެވެ.
ކާތިކްގެ އަތުގައި މިވަގުތު ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ދަމާކާ"، "ބޫލް ބުލައްޔާ 2" އަދި ނަން ހާމަނުކުރާ އޯމް ރައުތުގެ ފިލްމެކެވެ.