އުމުރުން 21 އަހަރުގެ ސުހާނާ ވަނީ ދާދި ފަހުން އިންސްޓަގްރާމްގައި އޭނާ އަކީ “ކެޓް ލޭޑީ” އެއް ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. ފޮޓޯއިން ކަޅު ކުލައިގެ ބުޅަލެއް ސުހާނާ އުނގުމަތީ އޮތް ތަން ފެނެއެވެ.
ދެ މިލިއަނެއްހާ މީހުން އިންސްޓަގްރާމްގައި ފޮލޯކުރާ ސުހާނާގެ އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ.
އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުންގެ ތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް، އަނަންޔާ ޕާންޑޭ އަދި އަނަންޔާގެ މަންމަ ބަވާނާ ޕާންޑޭ ވެސް ހިމެނެއެވެ.
ސުހާނާ އަކީ ބުޅަލަށް ލޯބިކުރާ ބުޅަލާ އެކީ ގިނަ ވަގުތު ހޭދަކޮށް އުޅޭ މީހެކެވެ.
ބޮލީވުޑް ތަރިންގެ ދަރިންގެ ތެރެއިން ސުހާނާ ވެސް އަންނަނީ ބޮޑު ސްކްރީނަށް، ބަތަލާއެއްގެ ގޮތުގައި ނިކުތުމަށް ތައްޔާރީތައް ވަމުންނެވެ.
އެގޮތުން އޭނާ ވަނީ 2019 ވަނަ އަހަރު ނިއުޔޯކް ޔުނިވާސިޓީގައި މި ދާއިރާއިން ކިޔެވުމަށް އެންރޯލްވެފައެވެ. އަދި މީގެ އިތުރުން އޭނާގެ ބައްޕަ ޝާހްގެ ފިލްމް ޒީރޯގެ ޝޫޓިންގެ ކަންކަމުގައި ސުހާނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ގިނަ ބަޔަކު އަންނަނީ ސުހާނާ ބޮޑު ސްކްރީނުން ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.