އެކަމަނާ މިހެން ވިދާޅުވެފައިވަނީ އެކަމަނާ ކުރެއްވި ޓްވީޓެއްގައިއެވެ. އެކަމަނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި ބުލީ ކުރުމަކީ ހަމައެކަނި ސްކޫލުގައި ކުރެވޭ ކަމެއް ނޫންކަމަށާއި އެކަމަނާއަށް ސްކޫލުގައި ބުލީ ކުރެވިފައި ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުލީ ކުރުމުގެ އިތުރުން މޫނަށް ކުޅު ޖެހުމާއި އެހެން އެތައް ކަމެއް އިދިކޮޅު ބޭފުޅުން އަދި އެއް ކޮޅު ބޭފުޅުންގެ ފަރާތުންވެސް ކުރިމަތިލާން ޖެހިފައި ވިނަމަވެސް މާތް ﷲ ގެ އިރާދަފުޅުން އެ ކަމަނާ ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ.
މީގެ އިތުރުން އެކަމަނާ ސިޔާސީ ދާއިރާ އަށް ނިކުންނެވީ އެއްވެސް ހާލެއްގައި މީހަކު ކިޔާހާއެއްޗަކަށް އާނ އެކޭ ބުނަން ނޫންކަމަށާއި ހަނގާ ކުރާ މީހުންގެ ސަބަބުން އެކަމަނާ އަށް ގަބޫލު ނުކުރެވޭ ކަމަކަށް އެއްބަސް ވެގެން ވާހަކަ ނުދައްކަވާނެކަމަށެވެ. މީގެ އިތުރުން އެއްބަސް ވެވޭނީ ގަބޫލު ކުރެވުނީމަ ކަމަށާއި އޭރުން އެކަމައިގެން އުޅުއްވާނެކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ކުރެއްވި އެހެން ޓްވީޓެއްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި އެކަމަނާ އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅުމަކީ އެކަމަނާ އަށް ސިޔާސީ ގޮތުން "ދޮންމަންމަ"ގެ ލަގަބު ލިބެންޖެހޭ ކަމެއް ކަމުގައި ވަނީ ނަމަ އެކަމަނާ އެކަންވެސް ނަގާނީ ކޮމްޕްލިމެންޓެއްގެ ގޮތުގައި ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީ ގެ މަޖިލީސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ނުވަތަ ލީޑާ ސިޕް ގައި ތިއްބަވާ ބޭފުޅުން ހަނގާ ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ހާއްސަކޮށް މި ދާއިރާގައި ތިއްބެވި މަދު އަންހެން ބޭކަނބަލުންނައް އަމާޒުކޮށް މިކަހަލަ ކަންތައް ކުރުމަކީ ވަރަށް ދެރަކަމެއްކަމަށެވެ.