ads
ބަންދުކުރުވާފައިވާ އެޕަލް ޑެއިލީ
ހޮންކޮންގުގެ ފުލުހުން އެޕަލްޑެއިލީގެ ޖާނަލިސްޓެއް ހައްޔަރުކޮށްފި
މިހާރު ބަންދު ކޮށްފައިވާ އެޕަލް ޑެއިލީގެ ސީނިޔާ ޖާނަލިސްޓެއް ހޮންކޮންގުގެ ފުލުހުން، ހޮންކޮންގުގެ އެއާޕޯޓުން ހައްޔަރުކޮށްފިކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

 ހައްޔަރު ކުރި މީހާ ގެ ނަން އިއުލާނު ނުކޮށް ޕޮލިހުން ބުނެފައިވާ ވަނީ އެއާޕޯޓުން ހައްޔަރު ކުރެވުނު 57 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ އޭނާ ބޭރުގެ އެހެން ގައުމަކަށް ޗައިނާއަށް ނުރައްކާ ވާފަދަ މައުލޫމާތު ހިއްސާ ކުރަން އުޅޭކަމުގެ މައުލޫމަތުލިބިގެން ކަމަށެވެ. ހޮންކޮންގުގެ ފުލުހުން ބުނެފައިވަނީ މިހާރު އޭނާ ހައްޔަރުކޮށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ދަސައުތު ޗައިނާއާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ ހައްޔަރުކޮށްފައިވަނީ  ފުންގް ވައި ކޮންގް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ގަބޫލު ކުރެވޭ ގޮތުގައި އޭނާ ހައްޔަރު ކުރެވުނީ އޭނާ ޔޫކޭއަށް ފުރަން އުޅެނިކޮށެވެ.

މިއީ އެނޫސް ބަންދު ކުރިފަހުން އެނޫހުގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ހައްޔަރު ކުރެވުނު ހަތްވަނަ މީހާއެވެ. 

ޗައިނާ އިން މިނޫހުގެ މީހުން ހައްޔަރު ކުރަމުންދަނީ ޗައިނާގެ ސަލާމަތަށް ނުރައްކާ ވާފަދަ މައުލޫމާތު އެހެން ގައުމުތަކާއި ހިއްސާ ކުރަންއުޅޭކަމަށް ބުނެއެވެ. 

    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް