ads
ހދ. ކުޅުދުއްފުށި
ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފި
ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތުން ވީއްލައިފިއެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ޕޮޒިޓިވްވެގެން މި މަހުގެ 9 ވަނަ ދުވަހުގައެވެ. 

އެ ކޭސް އާ ގުޅިގެން ނެގި ސާމްޕަލްތަކުން ޖުމްލަ 28 މީހުން ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ ސީކުއީން ބޯޓު ކްލަސްޓާއިން ޕޮޒިޓިވްވި 15 މީހުންނާއި ފަހުން ބަހާދަރު ބޯޓުން ނެގި 4 ސާމްޕަލަކާއެކު ކަރަންޓީނުން ޕޮޒިޓިވްވި 9 މީހުންނެވެ. 

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ސިޓީން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާއިރު، 5 ދުވަސް ތެރޭގައި އެއްވެސް މީހެއް ޕޮޒިޓިވްވެފައެއްނުވެއެވެ. ނަމަވެސް އިއްޔެ ވަނީ ކަރަންޓީނުގައި ހުރި މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށްޓަކީ މިހާތަނަށް އެންމެ ގިނައިން މޮނިޓަރިންއަށް ލެވުނު އެއް ރަށެވެ. މިހާތަނަށް ޖުމްލަ 9 ފަހަރަށް އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް