އެގޮތުގައި އެ މަސައްކަތް ނިމިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި ހަމައެއާއެކު މި މަޝްރޫއުގެ ދަށުން ޕޭމަންޓް ހެދުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
އަދި މި މަޝްރޫޢަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.